logo
ކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުMPL

MPL

ޚަބަރު

ޖޭއެސްސީގެ މެމްބަރަކަށް ނަސީރު އައްޔަން ކޮށްފި

އައިޝަތު ނަޝާއައިޝަތު ނަޝާ
21 މޭ 2026 - 05:45
 ޖޭއެސްސީގެ މެމްބަރަކަށް ނަސީރު އައްޔަން ކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް، ދަފްތަރު ނަންބަރު ރސ 535، އަލީ ނަސީރު ގާސިމް މިއަދު އައްޔަން ކުރައްވައިފިއެވެ.

ރައީސް އައްޔަންކުރައްވާ މެންބަރެއްގެ ހައިސިއްޔަތުން، ޖޭއެސްސީށް މެންބަރުކަމަށް ނަސީރު ގާސިމް، ޖޭއެސްސީގެ ގާނޫނުގެ 3 ވަނަ މާއްދާގެ 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކަމަށް ރައިސް އޮފީހުން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ ކުރިން ޖޭއެސްސީގައި ރައީސް އައްޔަން ކުރައްވާ މެންބަރެއްގެ ގޮތުގައި އިންނެވީ ޔަޒްމީދު މުހައްމަދެވެ. ޔަޒްމީދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

މިއަދު ހެނދުނު، ރައީސްގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ނަސީރު ވަނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގްރާރުގައި ސޮއިކުރައްވާފައެވެ. ނަސީރަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ، ޖޭއެސްސީ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ނަސީރު ގާސިމާއި ހަވާލުކޮށްދެއްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްލާމްއާބާދު އިސްލާމިކް ޔުނިވަރސިޓީން ރައީސަށް އޮނަރަރީ ޑޮކްޓަރޭޓް އަރުވައިފި ޚަބަރު | 3 ގަޑިއިރު ކުރިންސިވިލް ކޯޓުގެ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި ޚަބަރު | 3 ގަޑިއިރު ކުރިންކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުޚަބަރު | 5 ގަޑިއިރު ކުރިންޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިޚަބަރު | 11 ގަޑިއިރު ކުރިން