logo
Bank of Maldives

Bank of Maldives

ޚަބަރު

ސިވިލް ކޯޓުގެ ގާޟީކަމަށް، ހުޅުވާލުމުން 42 މީހަކު ކުރިމަތި ލައިފި

އަޙުމަދު ރިޝާން
8 ޖުލައި 2026 - 05:30
ސިވިލް ކޯޓުގެ ގާޟީކަމަށް، ހުޅުވާލުމުން 42 މީހަކު ކުރިމަތި ލައިފި

 ސިވިލް ކޯޓަށް ގާޟީން ހޯދަން ހުޅުވާލުން 42 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނެފި އެވެ.

ސިވިލް ކޯޓަށް ގާޒީން ހޯދުމަށް އެ ކޮމިޝަނުން އިއުލާން ކޮށްފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އެ ކޮމިޝަނުން ގެޒެޓްކޮށްފައިވާ އިއުލާނުގައިވާ ގޮތުން ސިވިލް ކޯޓަށް މިވަގުތަށް ބޭނުން ވަނީ ތިން ގާޒީން ނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ކޯޓުގެ ގާޒީ އަކަށް މެޑިކަލް އިންޝިއުރަންސްގެ އިތުރުން އަސާސީ މުސާރައިގެ ގޮތުގައި 37,700 ރުފިޔާ އަދި އެލަވަންސްތަކުގެ ގޮތުގައި 22،300 ރުފިޔާ ދެ އެވެ. މަދަނީ މައްސަލަތަކުގެ ތެރެއިން ޢާއިލީ މައްސަލަތައް ފިޔަވައި އެންމެހައި މަދަނީ މައްސަލަތައް ފުރަތަމަ މަރުޙަލާ ބަލަމުން ދަނީ ވެސް ސިވިލް ކޯޓުންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނީ ޤާޟީކަމަށް ކުރިމަތިލާ ފަރާތްތަކުގައި ގާޒީއެއްގެ އަސާސީ ޝަރުތުތައް ހުރުމާ އެކު، ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވެގެންނުވާނެ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިވިލް ކޯޓުގެ ގާޟީކަމަށް، ހުޅުވާލުމުން 42 މީހަކު ކުރިމަތި ލައިފިޚަބަރު | ގަޑިއިރެއް ކުރިންކުޅުދުއްފުށީ ފަރަށް އެރި ބާޖު ފުން ކުރަން ކޯޓުން އަމުރުކޮށްފިޚަބަރު | 10 މަސް ކުރިންކުރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒްގެ މައްޗަށް ފައިސާދައްކަން ހުކުމެއްޚަބަރު | 2 އަހަރު ކުރިންތިނަދޫ އަށް ދިން ސިޓީގެ ގަރާރު ބާތިލްކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅަނީ ޚަބަރު | 2 އަހަރު ކުރިން