logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒްގެ މައްޗަށް ފައިސާދައްކަން ހުކުމެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
31 ޑިސެމްބަރު 2024 - 09:09
ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒްގެ މައްޗަށް ފައިސާދައްކަން ހުކުމެއް

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ޑެޕިއުޓީ މިނިސްޓަރުކަން ކުރަށްވާފައިވާ ޝިމާޒް އަލީގެ މައްޗަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމެއް ކޮށްފިއެވެ.

މި ހުކުމަކީ ޝިމާޒް ނަގާފައިވާ ކްރެޑިޓް ކާޑަކަށް ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ ކުރެވުނު އިތުރު ހުކުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއާރުއެމްގެ ސްލޮޓެއްގައި ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު އަދާކުރެއްވި ޝިމާޒްގެ މައްޗަށް ފުރަތަމަ ހުކުމް ކުރެވުނީ 2020 ވަނަ އަހަރުއެވެ. އޭރު ޝިމާޒް ދައްކަންޖެހުނު އަދަދަކީ ބައިލައްކަ ރުފިޔާއެވެ. އެ ފައިސާ ނުދައްކައި އޮތުމުގެ ސަބަބުން އިންޓަރެސްޓާއެކު މިހާރު އެ އަދަދު ވަނީ ދެލައްކަ ރުފިޔާއަށް ވުރެ މައްޗަށް އަރާފައެވެ.

ސިވިލް ކޯޓުން މި ހަފްތާގައި ނެރުނު ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން، ބޭންކުން ވަނީ އެ ފައިސާ ދެއްކުމަށް ޝިމާޒަށް އަނެއްކާވެސް އިތުރު ފުރުސަތެއްދީ، އަހަރެއްގެ ތެރޭގައި ފައިސާ ދައްކާ ހަލާސް ކުރުމަށް ފުރުސަތުދީފައެވެ.

ރާއްޖޭގެ ފުޓުބޯޅަ އިދާރާ، އެފްއޭއެމާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ މީޑިއާ އޮފިސަރު ޝިމާޒް އަލީ އަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްވީ 2019 ވަނަ އަހަރުގެ ފެންބުރުއަރީ މަހުގެ ތެރޭގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކްރެޑިޓް ކާޑަށް ފައިސާ ދައްކަން އަންގައި ކުރީގެ މެމްބަރު ޝިޔާނުގެ މައްޗަށް ހުކުމްކޮށްފިޚަބަރު | 3 މަސް ކުރިންކުޅުދުއްފުށީ ފަރަށް އެރި ބާޖު ފުން ކުރަން ކޯޓުން އަމުރުކޮށްފިޚަބަރު | 4 މަސް ކުރިންބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް ދެ މީހަކު ހޯދަނީ ޚަބަރު | 5 މަސް ކުރިންކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަތް މަންދީގެ މައްޗަށް ކުށް ސާބިތުވެއްޖެޚަބަރު | 6 މަސް ކުރިން