logo
MPL

MPL

ޚަބަރު

އަސްކޮއި އުމްރާ ގުރޫޕުން ލަނޑު ދިން އާއިލާއަކަށް ބަދަލުދޭން ހުކުމްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
2 ފެބްރުއަރީ 2026 - 03:21
އަސްކޮއި އުމްރާ ގުރޫޕުން ލަނޑު ދިން އާއިލާއަކަށް ބަދަލުދޭން ހުކުމްކޮށްފި

އަސްކޮއި އުމްރާ ގުރޫޕުން ފައިސާ ނެގުމަށްފަހު އުމްރާއަށް ނުގެންގޮސް ލަނޑުދިން ގދ. ތިނަދޫގެ އާއިލާއަކަށް ދޮޅު ލައްކަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން އެ ކުންފުނީގެ މައްޗަށް ހުކުމްކޮށްފިއެވެ.

ރާއްޖޭގައި އުމްރާއަށް މީހުން ގެންދިއުމުގެ މަސައްކަތް ކުރާ އަސްކޮއި ޓްރެވެލް ސާވީސް ލިމިޓެޑް އިން ފައިސާ ނެގުމަށްފަހު އުމްރާއަށް މީހުން ނުގެންދިޔަ މައްސަލައިގައި، އެ އާއިލާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 150,000 ރުފިޔާ ދިނުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވަނީ އެ ކުންފުންޏާ މެދު ފިޔަވަޅު އަޅައި، އުމްރާއަށް މީހުން ގެންދިއުމަށް އެ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ވެސް ހިފަހައްޓާފައެވެ. އެ މިނިސްޓްރީން މި ފިޔަވަޅު އެޅީ އުމްރާވެރިންގެ ފަރާތުން ހުށަހެޅި ޝަކުވާތަކާ ގުޅިގެންނެވެ.

މީގެ އިތުރުން، މީގެ ކުރިން ވެސް އެ ކުންފުނިން އުމްރާއަށް މީހުން ގެންދަން އެއްބަސްވެ، އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ 130,000 ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފައިވާކަން ފާހަގަކުރެވެއެވެ.

އަސްކޮއި ގްރޫޕުގެ މައްޗަށް މިފަދަ ހުކުމެއް އައިސްފައި މިވަނީ، އުމްރާއަށް ގެންދާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު، އެކި ސަބަބުތައް ދައްކައި އުމްރާއަށް ނުގެންދާ މައްސަލަތައް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙައްޖު ކިއުގައި ގިނަ ދުވަސްވީ 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ގެ ޙައްޖުން ފުރުސަތު!ޚަބަރު | 24 ދުވަސް ކުރިންސްކޫލް ބަންދުތެރޭ 4،000 ވުރެ ގިނަ މީހުން އުމްރާ އަށްޚަބަރު | 3 މަސް ކުރިން ސިވިލް ކޯޓަށް 3 ފަނޑިޔާރުން ހޯދަން ޢިއުލާންކޮށްފިޚަބަރު | 4 މަސް ކުރިންމިއަހަރު ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން ރާއްޖެ އަތުވެއްޖެޚަބަރު | 5 މަސް ކުރިން