logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަހަރު ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން ރާއްޖެ އަތުވެއްޖެ

އައިޝަތު ނަޝާ
10 ޖޫން 2026 - 05:26
މިއަހަރު ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން ރާއްޖެ އަތުވެއްޖެ

ދިވެހިރާއްޖެއިން މިއަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ހައްޖުވެރިން ރާއްޖެ އަތުވެއްޖެއެވެ.

ހައްޖުވެރިންގެ އެންމެ ފަހު ގްރޫޕް ރާއްޖެއަށް އައިސްފައިވަނީ ރޭ 00:00 ހާއިރު މޯލްޑިވިއަންގެ ފްލައިޓުންނެވެ. އެ ފުލައިޓުގައި އައިސްފައިވަނީ 262 ހައްޖާޖީންނެވެ. އެއާއިއެކު ރާއްޖެއިން ހައްޖަށްދިޔަ ހުރިހާ އެންމެން އައިސްވަނީ ނިމިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު އައީ މިދިޔަ ހުކުރު ދުވަހުގައެވެ. އެ ފްލައިޓުން 240 އަށް ވުރެ ގިނަ ހައްޖާޖީން ރާއްޖެ އައިސްފައިވެއެވެ.

ދެވަނަ ގްރޫޕް އާދީއްތަ ދުވަހު އައިސްފައިވާއިރު، އެ ފްލައިޓްގައި 262 ހައްޖުވެރިން އައިސްފައި ވެއެވެ. ތިން ވަނަ ގްރޫޕް އައިސްފައި ވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ ފްލައިޓުން އައިސްފައިވަނީ 271 ހައްޖުވެރިންނެވެ.

ދިވެހި ހުރިހާ ހައްޖުވެރިންވެސް ހައްޖުގެ އަޅުކަމަށް ސައުދި އަރަބިއްޔާއަށް ގޮސްފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރު ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން ރާއްޖެ އަތުވެއްޖެޚަބަރު | 3 ގަޑިއިރު ކުރިންޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެޚަބަރު | 3 ދުވަސް ކުރިންދިވެހި ހާޖީން ޢަރަފާތް ބިމަށް ވަދެއްޖެޚަބަރު | 15 ދުވަސް ކުރިންހައްޖުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އޭއައި އާއެކު ގިނަ ފިޔަވަޅުތަކެއް އަޅައިފިޚަބަރު | 18 ދުވަސް ކުރިން