logo
Bank of Maldives

Bank of Maldives

ޚަބަރު

ހައްޖުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އޭއައި އާއެކު ގިނަ ފިޔަވަޅުތަކެއް އަޅައިފި

މަރިޔަމް މާޙީ
23 މޭ 2026 - 05:50
ހައްޖުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އޭއައި އާއެކު ގިނަ ފިޔަވަޅުތަކެއް އަޅައިފި

ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ސައުދީ އަރަބިއްޔާއިން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

ސައުދީ ޑޭޓާ އެންޑް އާޓިފިޝަލް އިންޓެލިޖެންސް އޮތޯރިޓީ އިން އިސްނަގައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ހައްޖުވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތައް އަވަސްކޮށް، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ކަންކަން ފަސޭހަކޮށްދިނުމެވެ. މިގޮތުން މުގައްދަސް ބިންތަކުގެ 75 ސަރަހައްދެއްގައި، އަދި ސެކިއުރިޓީ ކޮންޓްރޯލް ސެންޓަރުތައް ހިމެނޭ ގޮތަށް 14 ސަރަހައްދެއްގައި ފަންނީ ނިޒާމުތައް މިހާރު ވަނީ ގާއިމުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައްކާ ރޫޓް އިނީޝިއޭޓިވް:
ސައުދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެސް.ޑީ.އޭ.އައި.އޭގެ ތަރުޖަމާނު ޑރ. މާޖިދު އަލްޝެހްރީ ވިދާޅުވި ގޮތުގައި، ސައުދީ ދާހިލީ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ "މައްކާ ރޫޓް" މަޝްރޫއުގެ ދަށުން 10 ގައުމެއްގެ 17 ބަނދަރެއްގައި ވަނީ ޒަމާނީ ޓެކްނޮލޮޖީ ގާއިމުކޮށްފައެވެ. މީގެ ސަބަބުން ހައްޖުވެރިން ސައުދީއަށް އައުމުގެ ކުރިން، އެމީހުންގެ އަމިއްލަ ގައުމުގައި ތިބެގެން ރަސްމީ އިޖުރާއާތްތައް ފުރިހަމަކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

އަތްމަތީ ޑިޖިޓަލް ޑިވައިސް:
މިއަހަރު އަލަށް ތައާރަފުކުރި އޭއައި ޓެކްނޮލޮޖީ ބޭނުންކުރާ އަތްމަތީ ޑިވައިސްއަކީ ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޮޑު ލުޔެއް ލިބޭނެ ވަސީލަތެކެވެ. މި ޑިވައިސް މެދުވެރިކޮށް ބަޔޮމެޓްރިކްސް އާއި މޫނު ދެނެގަތުމުގެ ސިސްޓަމް ބޭނުންކޮށްގެން އެންމެ 40 ސިކުންތުގެ ތެރޭގައި ޕާސްޕޯޓާއި ވިސާގެ ސައްހަކަން ކަށަވަރުކުރެވޭނެއެވެ.

ސަވާހިރު އަދި ބަސީރު ޕްލެޓްފޯމް:
މީގެ އިތުރުން ރައްކާތެރިކަން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި "ސަވާހިރު" ޕްލެޓްފޯމްގެ ދަށުން ސްމާޓް ކެމެރާތައް ބޭނުންކޮށްގެން މީހުން ގިނަވާ ސަރަހައްދުތައް މޮނިޓަރު ކުރަމުންދާނެކަމަށް ޑރ. މާޖިދު އަލްޝެހްރީ ވިދާޅުވި އެވެ. މީގެ އިތުރުން "ބަސީރު" ޕްލެޓްފޯމް މެދުވެރިކޮށް ހަރަމްފުޅަށް ވަދެ ނިކުމެ އުޅޭ މީހުންގެ އާބާދީގެ ބޮޑުމިން ދެނެގަނެވޭނެއެވެ.

ތަވައްކަލްނާ އަދި އިހްސާން:
ހައްޖުވެރިންނަށް ބޭނުންވާ މައުލޫމާތާއި ހުއްދަތައް "ތަވައްކަލްނާ" އެޕްލިކޭޝަން މެދުވެރިކޮށް 19 ބަހަކުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި "އިހްސާން" ޕްލެޓްފޯމް މެދުވެރިކޮށް ހިލޭސާބަހަށް އެހީތެރިވުމާއި، އުދުހިޔާ ކަތިލުމުގެ ކަންކަން އިލެކްޓްރޯނިކްކޮށް ކުރިއަށް ގެންދިއުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

މި ހުރިހާ މަސައްކަތްތަކެއް ވިލަރެސްކުރަނީ މުގައްދަސް ބިންތަކުގައި ހުންނަ "ސްމާޓް މައްކާ އޮޕަރޭޝަންސް ސެންޓަރު" އިންނެވެ. މި ސެންޓަރުން 24 ގަޑިއިރު ހިދުމަތްތައް މޮނިޓަރުކޮށް، ދިމާވާ ފަންނީ މައްސަލަތައް ވަގުތުން ހައްލުކުރުމަށް ތައްޔާރުވެފައިވާކަން ވެސް ތަރުޖަމާނު ވަނީ ފާހަގަކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހައްޖުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އޭއައި އާއެކު ގިނަ ފިޔަވަޅުތަކެއް އަޅައިފިޚަބަރު | 3 ގަޑިއިރު ކުރިންރާއްޖެއިން ފުރަތަމަ ފްލައިޓްގައި ޙައްޖަށް ދިޔަ އެންމެންގެ ހާލު ވެސް ރަނގަޅުޚަބަރު | 7 ދުވަސް ކުރިންހައްޖުވެރިންގެ ފުރަތަމަ ފްލައިޓް މިމަހު 15 ގައި!ޚަބަރު | 10 ދުވަސް ކުރިންހައްޖުވެރިންގެ އެހީތެރިންނަށް ހާއްސަ ތަމްރީނުތަކެއް ދިނުމަށް ނިންމައިފިޚަބަރު | 21 ދުވަސް ކުރިން