ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ
7 ޖޫން 2026 - 13:00

ދިވެހި ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެއެވެ.
ހައްޖުގެ މަތިވެރި އަޅުކަމަށް ފަހު ދިވެހި ޙައްޖުވެރިންގެ ދެވަނަ ގްރޫޕްގައި 262 ޙައްޖާޖީން ރާއްޖެ އައިސްފައިވެއެވެ. ދެވަނަ ފްލައިޓްގެ ޙައްޖުވެރިން މަދީނާއިން ރާއްޖެއަށް ދަތުރުކުރީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. މި ފްލައިޓު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ މިއަދު ހަވީރު 16:40 ހާއިރުއެވެ.
ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް ރާއްޖެއައީ ހުކުރު ދުވަހުގެރޭގައެވެ. އެފްލައިޓުގައި 240އަށްވުރެ ގިނަ ޙާޖީން ރާއްޖެ ދަތުރުކުރިއެވެ. އެންމެ ފަހު ފްލައިޓް އޮންނާނީ ހޯމަ އަދި އަންގާރަ ދުވަހުއެވެ.

Ad by Hajj Corporation
ޙައްޖުވެރިންގެ ފްލައިޓް ދަތުރުތައް ބާއްވަމުންދަނީ ސައުދިއާ އެއަރލައިން އަދި މޯލްޑިވިއަން އެއަރލައިންގެ ފްލައިޓްތަކުގައެވެ. ދަތުރުގެ ފަސޭހަ އިންތިޒާމްތަކެއް މޯލްޑިވިއަންގެ ފްލައިޓްގައި އައި ޙާޖީންނަށް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ޙާޖީން އެއަރޕޯޓަށް ދިޔައިރު، ލަގެޖްތައް ވަނީ ޕްރީ ޗެކިން ކޮށްފައެވެ. އަދި ބޯޑިން ޕާސްވެސް ކުރިއާލާ ހަވާލުކޮށްފައިވެއެވެ.
ޙަައްޖުވެރިން މިއަހަރުވެސް މައްކާއަށް ދަތުރުކޮށްފައިވަނީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުންނެވެ. މިއާއެކު، މައްކާއަށް ޙައްޖުވެރިން ދަތުރުކުރީ ރާއްޖެއިން އިމިގްރޭޝަންގެ އެންމެހާ ކަންކަން ނިންމައިގެންނެވެ. އަދި ސައުދީއަށް އައިސް، ޖިއްދާ އެއަރޕޯޓްގައި މަޑުކުރަން ނުޖެހި، ފަސޭހަކަމާއެކު ވަނީ ހޮޓަލަށް ގޮސްފައެވެ.


