logo
MPL

MPL

ޚަބަރު

ދިވެހި ހާޖީން ޢަރަފާތް ބިމަށް ވަދެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
26 މޭ 2026 - 02:00
ދިވެހި ހައްޖާޖީން އަރަފާތްގައި
ދިވެހި ހައްޖާޖީން އަރަފާތްގައި

 

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސްތިބި ދިވެހި ހާޖީންގެ ތެރެއިން އެންމެ ހާޖީއެއް ފިޔަވައި ހުރިހާ ހާޖީން ޢަރަފާތް ބިމަށް ވަދެފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައި، ޢަރަފާތް ބިމަށް މިވަގުތު ނުދެވި އޮތީ އެންމެ ހާޖީއެކެވެ. އެ ހާޖީ މިވަގުތު އޮތީ މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. ނަމަވެސް، ބަލިވެ އުޅޭ ހާޖީ ވެސް ޢަރަފާތް ބިމަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"އެއް ހާޖީއަކު މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކުރެވި ފަރުވާއެއް ދެވެމުންދަނީ އިންޝާ ﷲ އެބޭފުޅާވެސް އަރަފާތަށް ގެންދެވޭނެ. ހައްޖު ކޯޕަރޭޝަންގެ އެހީތެރިން ދަނީ އެބޭފުޅާއެކު ހަރަކާތްތެރިވެ އެހީތެރިވަމުން. ހުރިހާކަމެއް ވެސް ރަނގަޅު. އަލްޙަމްދު ލި ﷲ." ވަޒީރު ވިދާޅުވެފައިވެއެވެ.

ދިވެހި ހާޖީންގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ހުރިހާ ހާޖީންގެ ހާލުވެސް އާންމު ގޮތެއްގައި ރަނގަޅު ކަމަށް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ މީހުންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމީރުލް ޙައްޖަކީ އިގްތިސޯދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދެވެ.

ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ ޢަރަފާތް ބިމުގައި މަޑުކުރުމަށް ހުރިހާ ހާޖީން މިހާރު ތައްޔާރުވަމުންދާއިރު، ހޮސްޕިޓަލުގައި އޮތް ހާޖީ ޢަރަފާތަށް ގެންދިއުމުގެ މަސައްކަތް ޙައްޖު ކޯޕަރޭޝަނުން ކުރަމުންދާކަން ވަޒީރު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންމެ ބޮޑު މިސްކިތާއި ވަޤުފު އިންވެސްޓްމަންޓްތައް: ދީނީ ކަންކަމަށް ތާރީޚީ ބޮޑު އިންގިލާބެއް!ރިޕޯޓް | 4 ދުވަސް ކުރިން15 ބުރީގެ 'ދާރުއްނޫރު' ވަޤްފު އިމާރާތް: އިސްލާމީ ދާއިރާއަށް އިންޤިލާބީ ބޮޑު ބަދަލެއް!ޚަބަރު | 7 ދުވަސް ކުރިން1448 ވަނަ އަހަރުގެ ޙައްޖު އެއްބަސްވުމުގައި ރާއްޖެއާއި ސަޢޫދީން ސޮއިކޮށްފިޚަބަރު | 10 ދުވަސް ކުރިންޕެންޝަން ފައިސާއިން ޙައްޖަށް: 65 އަހަރުން މަތީގެ މީހުންނަށް އޮތް ހުރަސް ނައްތާލައިފިޚަބަރު | 16 ދުވަސް ކުރިން