logo
MPL

MPL

ޚަބަރު

15 ބުރީގެ 'ދާރުއްނޫރު' ވަޤްފު އިމާރާތް: އިސްލާމީ ދާއިރާއަށް އިންޤިލާބީ ބޮޑު ބަދަލެއް!

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ނޮވެމްބަރު 2026 - 11:48
ދާރުއްޤުރްއާންގެ ޑިޒައިން ފެންނަ ކުރެހުމެއް
ދާރުއްޤުރްއާންގެ ޑިޒައިން ފެންނަ ކުރެހުމެއް

ކީރިތި ޤުރްއާނާ ބެހޭ ޚާއްޞަ ވަޤްފު ޢިމާރާތް ކަމަށްވާ 'ދާރުއްނޫރު' މަޝްރޫޢު ރަސްމީކޮށް މިއަދު އިފްތިތާޙުކޮށް، އެ ޢިމާރާތުގެ ކުރެހުންތައް ޢާންމުކޮށް ދައްކާލައިފިއެވެ.

މި މަޝްރޫޢު އިފްތިތާޙުކޮށްފައިވަނީ މި ސަރުކާރަށް 156 ހަފްތާ ފުރުން ފާހަގަކުރުމުގެ ގޮތުން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ރާއްޖޭގައި ވަޤްފުގެ ދާއިރާ ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ބިނާކުރާ 15 ބުރީގެ ޒަމާނީ ޢިމާރާތެކެވެ. މި ޢިމާރާތުގައި އޮފީސް ބައިތަކާއި، ވިޔަފާރިތަކަށް ޚާއްޞަ ކޮމާޝިއަލް އޭރިއާތަކާއި، ހޯލް، މީޓިންގ ރޫމްތައް، ލައިބްރަރީ އަދި ރެސްޓޯރެންޓު ފަދަ ޚިދުމަތްތައް ހިމެނޭނެއެވެ.

އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޢިމާރާތް ފަރުމާކޮށްފައިވަނީ މުޅި ޢިމާރާތުން ދެމެހެއްޓެނިވި ގޮތެއްގައި ނަފާ ލިބޭނެ އުޞޫލުންނެވެ. އަދި މި ވަޤްފު ޢިމާރާތުން ލިބޭ އާމްދަނީ އެއްކޮށް ހޭދަކުރުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރްއާނުގެ ޢިލްމު ފުޅާކުރުމަށާއި އެ ދާއިރާ ކުރިއެރުވުމަށް ހިންގާ އެކި ޕްރޮގްރާމްތަކަށެވެ.

މި މަޝްރޫޢަށް ބޭނުންވާ މާލީ އެހީތެރިކަން މިހާރު ހަމަޖެހިފައިވާއިރު، ޢިމާރާތުގެ ޢަމަލީ މަސައްކަތް 2027 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވުޒާރާއިން މިހާރު އަންނަނީ ވަމުންނެވެ.

މީގެއިތުރުން މާލެ ސަރަޙައްދުގައި 'ދާރުލްއަރްޤަމް' އަދި 'ދާރުއްސަލާމް' ގެ ނަމުގައި އިތުރު ދެ ވަޤްފު ޢިމާރާތެއްގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. މި މަޝްރޫޢުތައް ނިމުމުން، ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ އިސްލާމީ ދާއިރާގެ މަސައްކަތްތައް އަމިއްލަ ފައިމައްޗަށް ތެދުވެ ކުރިއަށް ގެންދެވޭނެ މިންވަރަށް ނަފާ ލިބިގެންދާނެ ކަމަށާއި، މިއީ ރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންޤިލާބީ ބޮޑު ބަދަލެއް ގެނުވާނެ ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ފާހަގަކުރައްވައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

15 ބުރީގެ 'ދާރުއްނޫރު' ވަޤްފު އިމާރާތް: އިސްލާމީ ދާއިރާއަށް އިންޤިލާބީ ބޮޑު ބަދަލެއް!ޚަބަރު | 28 މިނިޓު ކުރިންރޯދައަށް ބައެއް މިސްކިތްތައް މަރާމާތުކުރުމަށް އުރީދޫގެ އެހީޚަބަރު | މަހެއް ކުރިންރޯދަ މަހަށް ރާއްޖޭގެ އެކި ހިސާބުތަކުން 14 ވަރަކަށް މިސްކިތް ހުޅުވޭނެ: ޝަހީމްޚަބަރު | މަހެއް ކުރިންޙައްޖު ކިއުގައި ގިނަ ދުވަސްވީ 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ގެ ޙައްޖުން ފުރުސަތު!ޚަބަރު | މަހެއް ކުރިން