logoEN
ޚަބަރު

ޖޭއެސްސީގެ މެންބަރު ކަމަށް ފަރުހާދު ރަޝީދު އައްޔަންކޮށްފި

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު

08 ސެޕްޓެމްބަރު 2024 - 11:33

ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރު ކަމުގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިމަގާމަށް އައްޔަންކުރައްވާފައިވަނީ ގދ. ފިޔޯރީ، ލަމްސިމޫ އަލްއުސްތާޒް ފަރުހާދު ރަޝީދު އެވެ.

ފަރުހާދު މިމަގާމަށް އައްޔަންކޮށްފައިވަނީ ޖޭއެސްސީގެ ގާނޫނުގެ 3 ވަނަ މާއްދާގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ފަރުހާދު ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، އެބޭފުޅާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

އަލްއުސްތާޛު ފަރުހާދު ރަޝީދު 2013 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ މަދަނީ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައެވެ. އަލްއުސްތާޛު ފަރުހާދު ރަޝީދު ވަނީ މޯލްޑިވްސް ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ބެޗްލަރސް ޑިގްރީ އިން ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފައެވެ.

ކޮމެންޓް

871x217_placeholder