logoEN
ޚަބަރު

ކޯޓުގައި ހުރި މައްސަލަ ނުނިމި ދިގުލާތީ ގާނޫނަށް އިސްލާހު ހުށަހަޅަނީ

އާމިނަތު ސަފާއާމިނަތު ސަފާ

08 ނޮވެމްބަރު 2024 - 04:42

ރާއްޖޭގެ ކޯޓުތަކުގައި މަދަނީ މައްސަލަތައް ލަސްވާތީ ޖުޑީޝަލް ސާވިސް ކޮމިޝަނުން އިސްނަގައިގެން، މަދަނީ އިޖުރާއާތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ބަންޑާރަނައިބުގެ އޮފީހަށް ފޮނުވައިފިއެވެ.

ޖޭއެސްސީން ބުނީ މަދަނީ އިޖުރާއަތުގެ ޤާނޫނަކީ 16 ޑިސެންބަރު 2021 ގައި ތަސްދީޤުކޮށްފައިވާ ގާނޫނެއްކަމަށެވެ. ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވި އޭގެ 6 މަސްފަހުން ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ރާއްޖޭގެ ކޯޓުތަކުގައި މަދަނީ މައްސަލަތައް ތޮއްޖެހި، މައްސަލަތައް ލަސްވެ އަދި މައްސަލަތަކުގެ ޙުކުމްތައް ތަންފީޛުނުވެ މުޅި ނިޒާމަށް މިއިން ދުވަހަކު ކުރިމަތި ނުވާވަރުގެ ދަތިތައް ކުރިމަތިވެފައިވާކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

ވުމާއެކު ބޭންކުތަކާއި ވިޔަފާރި އިންސްޓިޓިއުޝަންތައް އަދި ޢާއްމު ރައްޔިތުންގެ ވިޔަފާރިތައް ހުއްޓި މަދަނީ ޢަދުލުގެ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ޙައްލެއް ހޯދެން އޮތީ މިހިނދުން މިހިނދަށް ޤާނޫނަށް އިޞްލާޙުތަކެއް ގެނެވިގެންކަމަށް ފެންނާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އިސްނެގުމުގެމަތިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، އިންޓަނޭޝަނަލަށް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް، މަދަނީ އިޖުރާއާތުގެ ޤާނޫނަށް ގެންނަން ފެންނަ އިޞްލާޙުތައް ބަންޑާރަނައިބުގެ އޮފީހަށް ފޮނުވައިފައިވާނެކަމަށް ބުނެފައިވެއެވެ.

ބަންޑާރަނައިބު މެދުވެރިކޮށް މި ޤާނޫނު އިޞްލާޙުކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވުމަށް 2024 ނޮވެންބަރު 04 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ 57 ވަނަ ޖަލްސާއިން ނިންމަވާފައިވާކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

ކޮމެންޓް

871x217_placeholder