logo
Bank of Maldives

Bank of Maldives

ޚަބަރު

11 އެވޯޑާއެކު ޑްރާމާ "އާއިލާ"އަށް ބޮޑު ކާމިޔާބެއް

އަޙްމަދު ޒަލީފް
3 އޯގަސްޓު 2025 - 13:22
11 އެވޯޑާއެކު ޑްރާމާ "އާއިލާ"އަށް ބޮޑު ކާމިޔާބެއް

ނެޝަނަލް ސެންޓަރ ފޮރ ދި އަރޓްސްއިން ބޭއްވި "އޮފީސްތަކުގެ ޑްރާމާ މުބާރާތް 1446" ގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ބައިވެރިކުރި ޑްރާމާ "ޢާއިލާ" އަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެއެވެ. މި ޑްރާމާއަށް 11 އެވޯޑެއް ވަނީ ލިބިފައެވެ.

މަޝްހޫރު ފިލްމު ކުޅުންތެރިޔާ އަދި ފިލްމު ޑައިރެކްޓަރ މުޙައްމަދު ފައިސަލް ޑައިރެކްޓްކޮށްފައިވާ މި ޑްރާމާގެ މައިގަނޑު މަޤްސަދަކީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދިނުމަށް އެ ވުޒާރާއިން ކުރިއަށް ގެންދާ 'ކޮންމެ ކުއްޖަކަށް ޢާއިލާއެއް' ޕްރޮގްރާމާއި ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއެކު، އެ ކުދިންނާމެދު މުޖުތަމަޢު ދެކޭގޮތް ބަދަލުކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޮފީސްތަކުގެ ޓެލެޑްރާމާއަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް ފަންނުވެރީންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކުރުމުގެ މަޤްޞަދުގައި ބާއްވަމުން އަންނަ އަދި ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ މުބާރާތެކެވެ. 

1446 ވަނަ އަހަރުގެ "އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ ނަތީޖާ މިހާރު ވަނީ އިއުލާންކޮށްފައެވެ. އެގޮތުން މުޅި މުބާރާތުގެ އެންމެ މޮޅު ޑްރާމާ އެވޯޑު ލިބިފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ބައިވެރިކުރި ޑްރާމާ "ޢާއިލާ"އަށެވެ.

އެންމެ މޮޅު ފިރިހެން އަދި އަންހެން އެކްޓަރ، އެންމެ މޮޅު ޑައިރެކްޓަރ، އެންމެ މޮޅު ސްކްރީންޕްލޭ، އެންމެ މޮޅު އަންހެން ނިއުކަމަރ އަދި އެންމެ މޮޅު ލަވައިގެ އެވޯޑްވެސް މި ޑްރާމާވަނީ ހާސިލްކޮށްފައެވެ. 

މީގެ އިތުރުން، ބެލުންތެރިންގެ އެންމެ ގިނަ ވޯޓާއެކު އެންމެ މަޤްބޫލް ޑްރާމާ، އެންމެ މަޤްބޫލް ފިރިހެން އަދި އަންހެން އެކްޓަރުގެ އެވޯޑުވެސް ހާސިލުކޮށްފައިވަނީ އެ ވުޒާރާގެ ޑްރާމާ "ޢާއިލާ' އެވެ. އަދި އާދަޔާޚިލާފު މޮޅު ހުށަހެޅުމަށް ދޭ ޖަޖުންގެ ޚާއްސަ އެވޯޑްވެސް ލިބިފައިވަނީ މި ޑްރާމާއަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރަށްވެހިންނަށް ޤަދަރުކޮށް އެ ފަރާތްތަކުގެ ޚިދުމަތުގެ އަގުވަޒަންކުރަން ޖެހޭޚަބަރު | 14 ދުވަސް ކުރިން8 އަތޮޅެއްގައި އުފާވެރި ރާސްތާ ޕްރޮގްރާމު ކުރިއަށްގެންދަނީ ޚަބަރު | 15 ދުވަސް ކުރިން"ޝާމިލް" ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައިފިޚަބަރު | 22 ދުވަސް ކުރިންނޭޝަނަލް ޕޮލިސީ އޮން އޭޖިންގް ލޯންޗުކޮށްފިޚަބަރު | މަހެއް ކުރިން