logo
Bank of Maldives

Bank of Maldives

ޚަބަރު

8 އަތޮޅެއްގައި އުފާވެރި ރާސްތާ ޕްރޮގްރާމު ކުރިއަށްގެންދަނީ

އާމިނަތު ޝަފާ
30 ސެޕްޓެމްބަރު 2025 - 11:18
8 އަތޮޅެއްގައި އުފާވެރި ރާސްތާ  ޕްރޮގްރާމު ކުރިއަށްގެންދަނީ

ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން 08 އަތޮޅެއްގައި 'އުފާވެރި ރާސްތާ' ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ވުޒާރާއިން ބުނީ މި ޕްރޮގްރާމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ލ.މާމެންދޫ، ގއ.ދާންދޫ، ހދ.ކުރިނބީ، ށ.މިލަންދޫ، ރ.އިނގުރައިދޫ، ނ.މަނަދޫ، ކ.ތުލުސްދޫ އަދި ހއ.ކެލާގައިކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުމުރުން ދުވަސްވީ މީހުންނަށް އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ މި ޕްރޮގްރާމްތައް ކުރިއަށްދާނީ މާދަމާއެވެ. މި ޕްރޮގްރާމް ކުރިއަށްދާ ގޮތަށް ހަމަޖެހިފައިވަނީ މި ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެންކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

އުފާވެރި ރާސްތާ ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ އުފާވެރި މާހައުލަކުން އިސްރަށްވެހިން އެކަކު އަނެކަކާއި ބައްދަލުވެ ޚިޔާލު ބަދަލް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އަދި އިޖުތިމާޢީ އަދި ސިއްހީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަށް އެފަރާތްތައް ސަމާލުކަންދޭންވީ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމެވެ.

ހަމައެހެންމެ، މި ޕްރޮގްރާމަކީ، އިސްރަށްވެހިންގެ ދިރިއުޅުމުގެ ތަޖުރިބާތައް މި ޖީލާއި ހިއްސާކޮށްލުމުގެ ފުރުޞަތު ވެސް ލިބިގެންދާ އުފާވެރި ޕްރޮގްރާމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 111 ކުއްޖަކު ޢާއިލާތަކާ ވަނީ ޙަވާލުކޮށްފަ: ވަޒީރުޚަބަރު | 3 މަސް ކުރިންދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ޢީދުގައި ބައިވެރިކުރުމަށް 40،000 އަށްވުރެ ގިނަ ޑޮލަރުޚަބަރު | 3 މަސް ކުރިންކޭސް ވޯކަރުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ ދެވަނަ ބެޗުގެ ތަމްރީން ޕްރޮގްރާމް ފަށައިފިޚަބަރު | 4 މަސް ކުރިންނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކެއްޚަބަރު | 4 މަސް ކުރިން