logo
Bank of Maldives

Bank of Maldives

ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޝާމިލު މާހައުލެއް ހޯދައިދިނުމަށް "އެމްޕަވަރމެންޓު ހަބް" އެއް

އިސްމާޢިލް ރާތިޢު
29 ޑިސެމްބަރު 2025 - 11:00
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޝާމިލު މާހައުލެއް ހޯދައިދިނުމަށް "އެމްޕަވަރމެންޓު ހަބް" އެއް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޝާމިލްކުރަނިވި މާޙައުލެއްގައި ތަމްރީން އަދި ހުނަރު ދަސްކޮށްދިނުމަށް ތަރައްގީކުރާ "އެމްޕަވަރމަންޓް ހަބު"ގެ މަސައްކަތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފަށާނެކަމަށް އިޖްުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމަށް ނޫސްވެރިންނާއިއެކު ބޭއްވި ބައްދަލުވުގައި ވާހަކަދައްކަވަމުންނެއެވެ.
40-18 އަހަރާއި ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހިދުމަތް ދިނުމަށް އަމާޒު ކޮށްގެން ތަރައްގީކުރާ އެމްޕަވަރމަންޓް ހަބަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ތަރައްގީކުރުމަށާއި، މަސައްކަތުގެ ތަޖުރިބާއާއި އިގުތިސޯދީ މިނިވަންކަމަށް މަގުފަހިކޮށްދޭ ފުރުސަތުތައް ހޯދައިދިނުމުގެ މަގުސަދުގައި ތަރައްގީކުރާ ތަނެއް ކަމަށް އިޖުތިމާއީ ވުޒާރާއިން ބުނެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިޖުތިމާއީއަދި އާއިލީ ތަރައްގީއާބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ، އެމްޕަވަރމަންޓު ހަބު ތަރައްގީކުރާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، އެފަރާތްތަކުގެ އާއިލާތަކާއިއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ގޮތަށް ކަމަށެވެ. އަދި އެތަނުން މަސައްކަތްތައް ދަސްކޮށް، ފަރިތަ ކުރާނެ ފުރުސަތުތައްވެސް ފަހިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ޕްލޭންގައިވާ ގޮތުން އެތަނުގައި ކޮމްޕިއުޓަރ ސެންޓަރެއް ގާއިމު ކުރެވިގެންދާނެ ކަމަށެވެ. އެހެންކަމުން ކޮމްޕިއުޓަރަށް މޮޅު ކުދިންނަށް އެތަނަށް އައިސް އެކަމުގެ ތަމްރީން ހޯދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އެމްޕަވަރމަންޓު ހަބުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފައިވާއިރު، ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މިމަސައްކަތް ފަށާނެ ކަމަށާއި އަންނަ އަހަރުގެ މެދެއް ހާތަނުގައި މަސައްކަތް ނިންމާނެ ކަމަށެވެ. މި ހަބަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަދަ ފަރާތްތަކުގެ އާއިލާތަަކަށް ލުއިފަސޭހަ ތަނަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޖުމްލަ 5500 އަކަފޫޓުގެ ޖާގައެއްގައި ހުޅުމާލެ ފޭސް 2 ގައި ހުޅުވާ މި ހަބުގައި ހުންނާނެ ބައިތަކުގެ ތެރޭގައި ހޮސްޕިޓަލިޓީ އަދި ކަލިނަރީ ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާ ފޯރުކޮށްދިނުމަށްޓަކައި އިންކްލޫސިވް ކެފޭއެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އުފައްދާ ތަފާތު ތަކެތި މާކެޓުކޮށް ވިއްކުމަށް އާންމުންނަށް ހުޅުވާލެވިފައިވާ ފިހާރައެއް ހިމެނެއެވެ.

މީގެއިތުރުން ހަބުގެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ޝައުގުވެރިކަމާއި ގުޅުންހުރި އަދި ހުނަރު ތަރައްގީކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ހަބުގައި ތިން ވޯރކްޝޮޕް ޖާގައިގެ އިތުރުން، ކޮމްޕިއުޓަރާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ތަމްރީން ދޭ ތަނެއް ހިމެނެއެވެ. މީގެއިތުރުން އިޖުތިމާއީ ގުޅުން ބަދަހި ކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމަށް އެކްޓިވިޓީ ރޫމާއި، މަލްޓި މީޑިއާ ރޫމެއްވެސް މި ހަބުގައި ހުންނާނެ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޝާމިލު މާހައުލެއް ހޯދައިދިނުމަށް "އެމްޕަވަރމެންޓު ހަބް" އެއްޚަބަރު | 3 ގަޑިއިރު ކުރިންއުމުރުން ދުވަސްވީ މީހުންނަށް ރަށްރަށުގައި ހާއްސަ މަރުކަޒުތަކެއް އަޅަނީޚަބަރު | 3 ގަޑިއިރު ކުރިން'‘ކޮންމެ ކުއްޖަކަށް އާއިލާއެއް’' ސިޔާސަތުގެ ދަށުން 110 ކުދިން އާއިލާތަކާ ހަވާލުކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންއިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ "އުފާ" ފެސްޓިވަލް، ސެންޓްރަލް ޕާކުގައި ފަށައިފިޚަބަރު | މަހެއް ކުރިން