logo
MPL

MPL

ޚަބަރު

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ޢީދުގައި ބައިވެރިކުރުމަށް 40،000 އަށްވުރެ ގިނަ ޑޮލަރު

މުޙައްމަދު އަފްރާޙް
15 މާރިޗު 2026 - 10:38
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ޢީދުގައި ބައިވެރިކުރުމަށް 40،000 އަށްވުރެ ގިނަ ޑޮލަރު

އެމިރޭޓްސް ރެޑް ކްރެސެންޓުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ޢީދުގައި ބައިވެރިކުރުމަށް 40،000 އަށްވުރެ ގިނަ ޑޮލަރު ހަދިޔާކޮށްފިއެވެ.

ޔުނައިޓެޑް ޢަރަބި އެމިރޭޓްސްގެ ރެޑް ކްރެސެންޓުން ވަނީ، ރާއްޖެއަށް 40،780.44 ޑޮލަރު ނުވަތަ 626،795.36 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިއީ، ޔުނައިޓެޑް ޢަރަބި އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ހެޔޮއެދުންތަކާއެކު، އެމިރޭޓްސް ރެޑް ކްރެސެންޓުން ފިޠުރު ޒަކާތުގެ ގޮތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ހަދިޔާކުރި ފައިސާއެވެ. ޔޫއޭއީއިން ދިން މި އެހީތެރިކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީ އާ ބެހޭ ވުޒާރާއަށް މިހާރުވަނީ ޙަވާލުކޮށްފައެވެ.

މި އެހީގައި ކުދިންނަށް ޢީދު ހެދުން ހޯދައިދިނުމާއި، ބޭނުންޖެހިފައިވާ ޢާއިލާތަކަށް ކާބޯތަކެތީގެ ޕެކޭޖު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޢީދު އުފަލުގައި ބައިވެރި ކުރުމަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެއެވެ. މި ހަރަކާތްތައް މާލެއާއި އަތޮޅުތެރޭގައި ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ އުފަލަށްޓަކައި ޔޫއޭއީ ސަރުކާރާއި، އެމިރޭޓްސް ރެޑް ކްރެސެންޓުގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވެދެއްވި ދީލަތި އެހީތެރި ކަމަށް އެ ވުޒާރާއިން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އދގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ޔޫއޭއީގެ ނުސައިބާ ގެންނަން ރާއްޖެ ތާއީދުކޮށްފިޚަބަރު | 11 ދުވަސް ކުރިންއުލިގަމުގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފިޚަބަރު | މަހެއް ކުރިން"21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" އަށް ޚާއްޞަ އިސްކަމެއް: ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފިޚަބަރު | މަހެއް ކުރިން'މަޢުރިފާ' ފޮތް މައުރަޒު އޮކްޓޫބަރު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިޚަބަރު | 2 މަސް ކުރިން