logo
MPL

MPL

ޚަބަރު

އދގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ޔޫއޭއީގެ ނުސައިބާ ގެންނަން ރާއްޖެ ތާއީދުކޮށްފި

އަޙުމަދު ރަމީޒު
25 އޮކްޓޯބަރު 2026 - 07:03
ޔޫއޭއީގެ ނުސައިބާ
ޔޫއޭއީގެ ނުސައިބާ

އދ. ގެ ސެކެރެޓަރީ ޖެނަރަލްގެ މަގާމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލާނާ ޒަކީ ނުސެއިބާއަށް ރާއްޖެއިން ތާއީދުކޮށްފި އެވެ.

ޔޫއޭއީ އިން މިހާރު ވަނީ އުމުރުން 48 އަހަރުގެ ނުސައިބާގެ ނަން އދ. ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ރަސްމީކޮށް ހުށަހަޅާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ އިތުރުން މުސްލިމު ގައުމުތައް ކަމަށްވާ ކުވައިތު، ބަހުރެއިން، އޮމާން، ސައުދީ އަދި ގަތަރުން މިހާރު ވަނީ ނުސައިބާއަށް ތާއީދުކޮށްފަ އެވެ.

ނުސައިބާ މީގެކުރިން ވަނީ ޔޫއޭއީ އިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމާއި އދގެ ވިމެން އެގްޒެކްޓިވް ބޯޑުގެ ރައީސްކަންވެސް ކުރައްވާފަ އެވެ.

ނުސައިބާއަށް ތާއީދުކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އދގެ އެންމެ އިސް މަގާމަށް އަންހެން ބޭފުޅަކު ހަވާލުވުމަށް ރާއްޖެއިން ކުރާ ވަކާލާތު ދަމަހައްޓާ ކަމަށެވެ. ނުސައިބާ ކެންޑިޑަސީ އިއުލާންކޮށްފައި މވަނީ އދ އަށް، އުސޫލީ ލީޑާޝިޕެއްގެ އަދި މެމްބަރު ގައުމުތަކުގެ މެދުގައި އިތުބާރު ދެމެހެއްޓުމުގެ މުހިއްމުކަން ކުރިއަށް ވުރެ ބޮޑުވެފައިވާ ދަނޑިވަޅެއްގައި ކަމަށްވެސް ބުންޏެވެ.

މިބަޔާނުގައި ބުނެފައިވަނީ އދގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމާ ދެން ހަވާލުވާ ބޭފުޅަކީ އދ. ގެ ޗާޓަރާއި ބައިނަލްއަގުވާމީ ގާނޫނުތަކުގެ މަތީގައި ސާބިތުވެ ހުރެ، ބައިނަލްއަގްވާމީ ގާނޫނުތައް ހަމަހަމަ ގޮތެއްގައި ތަންފީޒު ކުރުމުގައި ދެމިހުންނަވާ ބޭފުޅަކަށް ވާންޖެހޭނެ ކަމަށެވެ.

އދގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވީ ޕޯޗްގަލްގެ ކުރީގެ ބޮޑުވަޒީރު އެންޓޯނިއޯ ގުޓަރެސް އެވެ.

ގުޓަރެސް އދގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމާ ހަވާލުވެވަޑައިގަތީ ޖެނުއަރީ 1، 2017 ގައެވެ. ގުޓަރެސްގެ ދައުރު މި އަހަރުގެ ޑިސެމްބަރަށް ހަމަވާނެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އދގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ޔޫއޭއީގެ ނުސައިބާ ގެންނަން ރާއްޖެ ތާއީދުކޮށްފިޚަބަރު | 36 މިނިޓު ކުރިންއިރުތިޝާމު ރަޝިއާގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވައިފިޚަބަރު | މަހެއް ކުރިންކެންޔާއާ އިތުރަށް ގުޅުން ބަދަހިކުރަން ސޮއިކޮށްފިޚަބަރު | މަހެއް ކުރިންފެނުގެ ރައްކާތެރިކަމާ ގުޅޭގޮތުން މަތީ ފަންތީގެ ވެބިނާއެއް ބާއްވައިފިޚަބަރު | 4 މަސް ކުރިން