logo
MPL

MPL

ޚަބަރު

އިރުތިޝާމު ރަޝިއާގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި

އަޙުމަދު ރަމީޒު
27 ސެޕްޓެމްބަރު 2026 - 04:39
ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމާއި ރަޝިއާގެ ފޮރިން މިނިސްޓަރު ލަވްރޯވް
ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމާއި ރަޝިއާގެ ފޮރިން މިނިސްޓަރު ލަވްރޯވް

ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގެއި ލަވްރޯވްއާ ބައްދަލުކުރައްވައިފި އެވެ.

މި ދެ ބޭފުޅުން ބައްދަލުކުރެއްވީ އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިއަށްދާ އދގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގެ ހަވާސާ ގައެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ރަޝިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށާއި ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވާފައިވެ އެވެ.

ރާއްޖެއާއި ރަޝިއާ ސިޔާސީ ގުޅުން ގާއިމުކުރިތާ މިއަހަރަށް ވަނީ 60 އަހަރުވެފަ އެވެ.

ރަޝިއާ އަކީ މިވަގުތު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުގެ ހައިސިއްޔަތުން ރާއްޖޭގެ އިގްތިސާދަށް މުހިއްމު ގައުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލެއާ ގުޅޭގޮތުން ފަތުރާ ވާހަކަތަކުގެ ސަބަބުން ގުޅުންތަކެއް ހީނަރުވެދާނެ: އިރުތިޝާމްޚަބަރު | 2 ދުވަސް ކުރިންއދގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ޔޫއޭއީގެ ނުސައިބާ ގެންނަން ރާއްޖެ ތާއީދުކޮށްފިޚަބަރު | 18 ދުވަސް ކުރިންފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދައިދޭން ގުޅިގެން މަސައްކަތް ކުރުމަށް އޯއައިސީގައި ރާއްޖެއިން ގޮވާލައިފިޚަބަރު | 25 ދުވަސް ކުރިންމިނިސްޓަރު އިރުތިޝާމު އިރާގުގައިޚަބަރު | މަހެއް ކުރިން