ރަސްމާލެއާ ގުޅޭގޮތުން ފަތުރާ ވާހަކަތަކުގެ ސަބަބުން ގުޅުންތަކެއް ހީނަރުވެދާނެ: އިރުތިޝާމް
9 ނޮވެމްބަރު 2026 - 17:56

ރަސްމާލެ މަޝްރޫއު ފަދަ ބޭރުގެ އެހެން ގައުމަކާ ގުޅުން އޮތް މަޝްރޫއުތަކާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ދެއްކުމުގެ ސަބަބުން އިންވެސްޓަރު ނިސްބަތްވާ ގައުމާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ހީނަރުުވުމަށް މަގުފަހިވާ ކަމަށް ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
ވަޒީރު އިރުތިޝާމް މިފަދައިން ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މައުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ވަޒީރުންގެ "އަހާ" ފޯރަމް ގައި ވާހަކަ ދައްކަވަމުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
އިރުތިޝާމް ވިދާޅުވީ ރަސްމާލޭ މަޝްރޫއަކީ އެ މަޝްރޫއުގެ ތެރެއިން ވަރަށް ގިނަ މަންފާތަކެއް ދިވެހިންނަށް ލިބޭ މަޝްރޫއެއް ކަމަށެވެ. އަދި ހާރިޖީ ދާއިރާގެ މަންދޫބުން އެގައުމާ ދޭތެރޭ އޮންނަ ގުޅުމަކީ ވިސްނައި ރިއާޔަތްކުރަންޖެހޭ ކަމެއް ކަމަށާއި އެގޮަތަށް ދެކެވޭ ވާހަކަތަކުގެ ސަބަބުން ދޭދޭ ގައުމުތަކާމެދު އޮންނަ ގުޅުމަށް ލިބޭ ގެއްލުމަކީ މިއަދު އެކަނި ތަހައްމަލުކުރަންޖެހޭނެ ގެއްލުމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
އެއީ މުސްތަގުބަލުގެ ޖީލުތަކަށްވެސް ލިބޭ ގެއްލުމެއް ކަމަށާއި ހަގީގަތާ ހިލާފު ވާހަކަދައްކާ ފަރާތްތަކުން އެފަދަ ކަންކަމަމަށް ވިސްނާލުމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ރާއްޖެއަށް އެކި ގައުމުތަކުން އަންނަ އިންވެސްޓްމެންޓްތަކާއި އެ ގައުމުތަކުގެ ބޭފުޅުން ރާއްޖޭގައި ހިންގަން އުޅޭ މަޝްރޫއުތަކާ ގުޅުވައިގެން ތަފާތު ވާހަކަތައް ފެތުރުމުން ލިބޭ ގެއްލުންތައް ހައްލުކުރުމަށްވެސް އެތައް ވަގުތެއް ހޭދަވާ ކަމަށެވެ.

-01.jpg&w=3840&q=75)
