logo
MPL

MPL

ޚަބަރު

ކެންޔާއާ އިތުރަށް ގުޅުން ބަދަހިކުރަން ސޮއިކޮށްފި

އަޙުމަދު ރަމީޒު
22 ސެޕްޓެމްބަރު 2026 - 05:45
ރާއްޖެ އާއި ކެންޔާއާ ދެމެދު ސިޔާސީ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ފޮރިން މިނިސްޓްރީ
ރާއްޖެ އާއި ކެންޔާއާ ދެމެދު ސިޔާސީ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖެ އާއި ކެންޔާއާ ދެމެދު ސިޔާސީ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ދެ ގައުމުން އިއްޔެގެ ވަގުތެއްގައި ސޮއިކުރީ އދގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން އެމެރިކާގެ ނިއު ޔޯކުގައެވެ.

ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. ކެންޔާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޕްރައިމް ކެބިނެޓް ސެކްރެޓަރީ އަދި ކެބިނެޓް ސެކްރެޓަރީ ފޯ ފޮރިން އެންޑް ޑަޔަސްޕޯރާ އެފެއާސް ޑރ. މުސާލިއާ މުޑަވަޑީ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދުގައި އިތުރު މަޝްވަރާތައް ބާއްވައ، ދެ ގައުމަށްވެސް އެންމެ ބޭނުންވާ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

ރާއްޖެއިން ކެންޔާއާއެކު ސިޔާސީ ގުޅުން ގާއިމުރީ އޮކްޓޯބަރު 23، 1995 ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ އިޒުރޭލު ފިޔަވައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އިހްތިރާމު ކުރާ ކޮންމެ ގައުމަކާ އެކު ގުޅުން ބަދަހިކުރުމެވެ. ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދައިނުދެވެނީސް އިޒުރޭލާއެކު އެއްވެސް ގޮތަކަށް އެއްވެސް މުއާމަލާތެއް ނުކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ނިންމާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލެއާ ގުޅޭގޮތުން ފަތުރާ ވާހަކަތަކުގެ ސަބަބުން ގުޅުންތަކެއް ހީނަރުވެދާނެ: އިރުތިޝާމްޚަބަރު | ގަޑިއިރެއް ކުރިންއދގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ޔޫއޭއީގެ ނުސައިބާ ގެންނަން ރާއްޖެ ތާއީދުކޮށްފިޚަބަރު | 16 ދުވަސް ކުރިންފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދައިދޭން ގުޅިގެން މަސައްކަތް ކުރުމަށް އޯއައިސީގައި ރާއްޖެއިން ގޮވާލައިފިޚަބަރު | 23 ދުވަސް ކުރިންމިނިސްޓަރު އިރުތިޝާމު އިރާގުގައިޚަބަރު | 23 ދުވަސް ކުރިން