މިނިސްޓަރު އިރުތިޝާމު އިރާގުގައި
17 އޮކްޓޯބަރު 2026 - 13:16

ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމު އާދަމް އިރާގަށް ވަޑައިގެންފި އެވެ.
އިރުތިޝާމު އިރާގަށް ވަޑައިގެންނެވީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ޚާރިޖީ ވަޒީރުންގެ 52 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
އިރާގުގެ ވެރިރަށް ބަޣުދާދުގައި އޯއައިސީގެ ބައްދަލުވުން ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.
މިނިސްޓަރ އިރުތިޝާމު އިރާގަށް ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ އިރާގުގެ ޕޮލިޓިކަލް ޕްލޭނިންއާ ބެހޭ އަންޑަ ސެކްރެޓަރީ އަހްމަދު ނާއިފް އެވެ.
އޯއައިސީގެ މެންބަރު ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި، ވަފުދުތަކުގެ ވެރިން އަދި މަންދޫބުން ބައިވެރިވެވަޑައިގަންނަވާ މި ސަމިޓުގައި، އިސްލާމީ އުންމަތާ ގުޅުންހުރި މުހިންމު މައްސަލަތަކާއި، ގައުމުތަކުގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވެ އެވެ.

-01.jpg&w=3840&q=75)
