ސައޫދީގެ ދެ އެއާޕޯޓަކަށް ދިން ހަމަލާ: އެއްވެސް ދިވެއްސަކަށް އަސަރެއް ނުކުރޭ!
11 އޮކްޓޯބަރު 2026 - 18:40

ސަޢޫދީ ޢަރަބިއްޔާގެ ބައިނަލްއަޤްވާމީ ދެ އެއާޕޯޓަކަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން، އެ ޤައުމުގައި ދިރިއުޅޭ އަދި ދަތުރުފަތުރުކުރާ އެއްވެސް ދިވެއްސަކަށް މިހާތަނަށް އެއްވެސް އަސަރެއް ކޮށްފައިނުވާ ކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.
ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ސޯޝަލް މީޑިއާގައި ޢާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ސަޢޫދީގެ ދެ އެއާޕޯޓަށް ދެވުނު ހަމަލާތަކާ ގުޅިގެން އެ ވުޒާރާއިން އެ ޙާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު މި ހާދިސާތަކުގައި އެއްވެސް ދިވެހި ރައްޔިތަކަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް ޚާރިޖިއްޔާއިން ޔަޤީންކޮށްދެއެވެ.
.png&w=750&q=75)
Ad by Hajj Corporation
މިކަމާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކަށް ޚާރިޖިއްޔާގެ ހޮޓްލައިން 7983400 މެދުވެރިކޮށް ގުޅުމަށް ވަނީ އެދިފައެވެ.
މި ހަމަލާތައް ދީފައިވަނީ ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިންނާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ނުތަނަވަސްކަން އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ވެރިރަށް ރިޔާޟުގެ ކިންގް ޚާލިދް އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ބޮޑެތި ހަމަލާތަކެއް ދީފައިވެއެވެ.
އޮކްޓޯބަރު 10 ވަނަ ދުވަހު ކިންގް ޚާލިދް އެއާޕޯޓަށް ދިން ވަރުގަދަ މިސައިލް ހަމަލާގައި މަދުވެގެން 12 މީހުން މަރުވެ، 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އޮކްޓޯބަރު 11 ގައި އެ އެއާޕޯޓުގެ ސަރަޙައްދަށް އަނެއްކާވެސް ދިން ހަމަލާއެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، އިތުރު ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

-01.jpg&w=3840&q=75)
