logo
MPL

MPL

ޚަބަރު

އިތުރު ހަތަރު ގައުމެއްގައި އެމްބަސީތައް ގާއިމު ކުރަނީ

އަޙުމަދު ރިޝާން
10 އޮކްޓޯބަރު 2026 - 14:09
އިތުރު ހަތަރު ގައުމެއްގައި އެމްބަސީތައް ގާއިމު ކުރަނީ

އިތުރު ހަތަރު ގައުމެއްގައި ރާއްޖޭގެ އެމްބަސީ ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެފި އެވެ.

މީޑިއާ އަށް މައުލޫމާތުދެމުން މިނިސްޓްރީން ބުނީ އެމްބަސީ ގާއިމުކުރާ ގައުމުތަކަކީ އިޓަލީ، މިސްރު، ސައުތު އެފްރިކާ، އަދި އޮސްޓްރޭލިއާ ކަމަށެވެ. އެ ހަތަރު ގައުމުގައި ވެސް މިޝަންތައް ހުޅުވުމުގެ މަސައްކަތްތައް މިހާރު ކުރިޔަށްދާ ކަމަށް ވެސް މިނިސްޓްރީން މައުލުމާތުދެ އެވެ. ނަމަވެސް އެ އެމްބަސީތައް ހުޅުވާނެ ވަކި ތާރީޚެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހާރު ވެސް އެ ހަތަރު ގައުމުގައި ރާއްޖޭގެ ކޮންސިއުލޭޓްތައް ހުންނައިރު، އޭގެ ތެރެއިން ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތްކުރާ އިޓަލީގައި އެމްބަސީއެއް ގާއިމްކުރާނެ ކަމަށް ސަރުކާރުން އިއުލާނުކުރީ މީގެ ދެ އަހަރު ކުރިންނެވެ. އަދި އެކަމުގެ ހުއްދަ އެ ގައުމުން ވެސް ވަނީ ދީފަ އެވެ.

ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައިވާ މައުލޫމާތަށް ބަލާއިރު، މިހާރު ވެސް 18 ގައުމެއްގައި ރާއްޖޭގެ 19 އެމްބަސީއާއި ދެ ކޮންސުލޭޓް ހިންގަމުންދެ އެވެ. އޭގެ ތެރޭގައި އިންޑިއާ (ނިއުދިއްލީގައި ހައި ކޮމިޝަން އަދި ޓްރިވެންޑްރަމްގައި ކޮންސުލޭޓް)، ސައުދީ އަރަބިއްޔާ (ރިޔާދުގައި ހައި ކޮމިޝަން އަދި ޖިއްދާގައި ކޮންސުލޭޓް)، އަދި އެމެރިކާ (ވޮޝިންޓަންގައި ހައި ކޮމިޝަން އަދި ނިއުޔޯކްގައި އދ. ގެ އޮފީސް) ހިމެނެ އެވެ. މި ސަރުކާރުން އެންމެ ފަހުން އެމްބަސީތައް ގާއިމްކޮށްފައިވަނީ ތުރުކީ، އަދި ގަތަރުގަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިތުރު ހަތަރު ގައުމެއްގައި އެމްބަސީތައް ގާއިމު ކުރަނީޚަބަރު | ގަޑިއިރެއް ކުރިންއިރުތިޝާމު ރަޝިއާގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވައިފިޚަބަރު | 13 ދުވަސް ކުރިންކެންޔާއާ އިތުރަށް ގުޅުން ބަދަހިކުރަން ސޮއިކޮށްފިޚަބަރު | 18 ދުވަސް ކުރިންސައުދީ އަރަބިއްޔާއަށް ކުރާ ތުހުމަތުތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިޚަބަރު | 3 މަސް ކުރިން