logo
MPL

MPL

ޚަބަރު

ރިޔާޟަށް އަމާޒުކޮށް ޙޫތީން ދިން ޙަމަލާތައް ރާއްޖެއިން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފި

އާދަމް ލަޔާން ކުރިކް ރިޒާއާދަމް ލަޔާން ކުރިކް ރިޒާ
24 ނޮވެމްބަރު 2026 - 04:58
ރިޔާޟަށް އަމާޒުކޮށް ޙޫތީން ދިން ޙަމަލާތައް ރާއްޖެއިން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފި

ސައުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ މަދަނީ އަދި އިޤްތިޞާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީ ހަނގުރާމަވެރިން ސައުދި ޢަރަބިއްޔާއަށް މެދުކެނޑުމެއްނެތި ދެމުންގެންދާ ޙަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.

ދިވެހި ސަރުކާރުން ނެރުނު ރަސްމީ ބަޔާނެއްގައި، ތަކުރާރުކޮށް ދެމުންދާ މި ޙަމަލާތަކަކީ ސައުދީ ޢަރަބިއްޔާގެ އިސްތިޤްލާލާއި ސަރަޙައްދީ ނަޒާހަތްތެރިކަމަށް އަރައިގަތުމުގެ ފާޅުކަން ބޮޑު އަމަލެއްގެ އިތުރުން، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނުތަކާ ސީދާ ޚިލާފު ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފަދަ ޢަދާވާތްތެރި ޢަމަލުތައް ވަގުތުން ހުއްޓާލުމަށް ދިވެހި ސަރުކާރުން ގޮވާލާފައިވާއިރު، މިފަދަ ޙަމަލާތަކުގެ ސަބަބުން އާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވެ، ސަރަޙައްދީ ޞުލްޙައާއި، އަމަންއަމާންކަމާއި، ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ. 

މީގެއިތުރުން، ދެ ޙަރަމްފުޅު ޙިމާޔަތްކުރުމަށް ސައުދީ ޢަރަބިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން އޮތް ތާޢީދުވެސް ވަނީ ހާމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިޔާޟަށް އަމާޒުކޮށް ޙޫތީން ދިން ޙަމަލާތައް ރާއްޖެއިން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިޚަބަރު | ގަޑިއިރެއް ކުރިންފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދައިދޭން ގުޅިގެން މަސައްކަތް ކުރުމަށް އޯއައިސީގައި ރާއްޖެއިން ގޮވާލައިފިޚަބަރު | މަހެއް ކުރިންމިނިސްޓަރު އިރުތިޝާމު އިރާގުގައިޚަބަރު | މަހެއް ކުރިންސައޫދީގެ ދެ އެއާޕޯޓަކަށް ދިން ހަމަލާ: އެއްވެސް ދިވެއްސަކަށް އަސަރެއް ނުކުރޭ!ޚަބަރު | މަހެއް ކުރިން