logo
Bank of Maldives

Bank of Maldives

ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންނަށް ފްލެޓަށް ލެވޭ ގޮތަށް އިސްލާހެއް

އައިޝަތު ނަޝާ
10 މޭ 2026 - 12:12
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންނަށް ފްލެޓަށް ލެވޭ ގޮތަށް އިސްލާހެއް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަދަލުގައި އެ މީހުންގެ ބެލެނިވެރިންނަށް ފްލެޓަށް ކުރިމަތިލެވޭ ގޮތަށް "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" އަށް އިސްލާހު ގެނެސްފި އެވެ. 

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބަދަލުގައި ބެލެނިވެރި ފަރާތުން ފްލެޓަށް އެދި ހުށަހަޅަން ހުޅުވާލާފައިވާ ކަމަށެވެ. 

Ad by Hajj Corporation

Ad by Hajj Corporation

އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރިޔާގެ ފަރާތުން ފްލެޓަށް އެދި ހުށަހަޅަން ހުޅުވާލާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 15 ޖޫންއާ ހަމައަށެވެ. 

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާއްސަ ކެޓަގަރީ އިސްލާހުކޮށްފައިވާއިރު މި ފަހުން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން މާލޭގައި އުޅުނު ކަމަށް ބުނާ މުއްދަތު ކުޑަކޮށްދީފަ އެެވެ. 

ބޯހިޔާވަހިކަން ހޯދަން މި ފަހަރު ކަނޑައެޅި އާއްމު ޝަރުތަކީ މާލެ ސަރަހައްދުގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުން ނަމަވެސް މާލޭގައި މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުލެޓަށް ހުށަހެޅޭ ގޮތަށް ބަދަލު ގެނައުމެވެ. އަދި އެ މީހެއްގެ ނުކުޅެދުންތެރިކަމަކަށް މާލެއިން ހިދުމަތް ހޯދަން ދަތުރުކުރަން ޖެހުމާއި ހިދުމަތް ހޯދުމަށްޓަކައި މާލެއަށް ބަދަލުވެފައިވާ މީހުންނަށް ވެސް ފޯމު ހުށަހެޅޭނެ އެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމްގެ ދަށުން 1000 ހައުސިންގ ޔުނިޓު އެޅުމަށް ދިވެހި 5 ކުންފުންޏަކާ ހަވާލުކޮށްފިޚަބަރު | 11 ދުވަސް ކުރިންގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި މީހުންގެ ކްރޮސް ވެރިފިކޭޝަން ފަށައިފިޚަބަރު | މަހެއް ކުރިންބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް އިފްތިތާޙްކުރަނީޚަބަރު | މަހެއް ކުރިންގޯއްޗާއި ފުލެޓަށް އެދި ބައި ލައްކައަށް ވުރެ ގިނަ އެޕްލިކޭޝަން ޚަބަރު | މަހެއް ކުރިން