logo
MPL

MPL

ޚަބަރު

ގޯއްޗާއި ފްލެޓަށް އެދުނު ފަރާތްތަކަށް ބޮޑު ލުޔެއް، މައްސަލަ ހައްލުކުރަން ދިން މުއްދަތު 21 ދުވަހަށް އިތުރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
26 އޯގަސްޓު 2026 - 13:37
ގޯއްޗާއި ފްލެޓަށް އެދުނު ފަރާތްތަކަށް ބޮޑު ލުޔެއް، މައްސަލަ ހައްލުކުރަން ދިން މުއްދަތު އިތުރުކޮށްދީފި

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ވެރިފިކޭޝަން މަރުހަލާގައި، މިނިސްޓްރީން ފޮނުވާ ނޯޓިސްއަށް ޖަވާބުދާރީވުމަށް ދޭ މުއްދަތު އިތުރުކޮށްފިއެވެ.

މިގޮތުން ނޯޓިސްގައިވާ މަޢުލޫމާތު ޞައްޙަ ނޫންކަމުގައިވާނަމަ އެކަމުގެ ތަފްޞީލާއި ކަމާގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމަށް ދެމުންދިޔަ މުއްދަތު ވަނީ 21 ދުވަހަށް ދިގުދަންމާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުރިން މިފަދަ ލިޔެކިޔުންތައް ހުށަހެޅުމަށް ދީފައިވަނީ 7 ދުވަހުގެ ކުރު މުއްދަތެކެވެ. ނަމަވެސް އެޕްލިކަންޓުންނަށް ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން މިނިސްޓްރީން މިހާރު މި މުއްދަތު 21 ދުވަހަށް އިތުރުކޮށްދީފައިވާއިރު، މިނިސްޓްރީން ދީފައިވާ މި މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ މައްސަލައަށް އެއްވެސް ޖަވާބެއް ހުށަނާޅައިފިނަމަ، އެ އެޕްލިކޭޝަނަކީ ޝަރުތު ހަމަނުވާ ނުވަތަ ހުށަހެޅި ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ހިންގާ ޕްރޮގްރާމްތަކާ ގުޅޭގޮތުން ޢާންމުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީގައި މިހާރު ވަނީ ޚާއްޞަ ހެލްޕް ޑެސްކެއްގެ އިތުރުން ކޯލު ސެންޓަރެއް ޤާއިމްކޮށްފައެވެ. ކޯލު ސެންޓަރާ ގުޅުމަށް ކަނޑައަޅާފައިވާ ނަންބަރަކީ 900-4004 އެވެ. ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 15:00 އަށް މި ހެލްޕް ޑެސްކާއި ކޯލް ސެންޓަރުގެ ޚިދުމަތް ޢާންމުންނަށް ލިބިގެންދާނެއެވެ.

ބޯހިޔާވަހިކަމުގެ މި ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ޖުމްލަ 58،505 އެޕްލިކޭޝަން މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހަޅާފައިވާ 35،930 އެޕްލިކޭޝަނާއި ބިމަށް އެދި ހުށަހަޅާފައިވާ 22،575 އެޕްލިކޭޝަނެވެ. މިހާރު ކުރިއަށްދަނީ މި އެޕްލިކޭޝަންތަކުގެ ވެރިފިކޭޝަންގެ މުހިންމު މަސައްކަތްތަކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯއްޗާއި ފްލެޓަށް އެދުނު ފަރާތްތަކަށް ބޮޑު ލުޔެއް، މައްސަލަ ހައްލުކުރަން ދިން މުއްދަތު އިތުރުކޮށްދީފިޚަބަރު | ގަޑިއިރެއް ކުރިންހިޔަވަހީ ފައިނޭންސް ޕްރޮގްރާމްގެ ދަށުން މިހާތަނަށް 244 މީހުންނަށް ލޯނު ހަމަޖައްސައި ދީފިޚަބަރު | ދުވަހެއް ކުރިންމާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު: ފްލެޓު ލިސްޓު ޑިސެމްބަރުގައި، ތަންތަން ހަވާލުކުރަނީ 2028 ގެ އޯގަސްޓްގައިޚަބަރު | 3 ދުވަސް ކުރިންބޯހިޔާވަހިކަމަށް ހުށަހެޅި ފޯމުތަކުގައި މައްސަލަ ހުރިނަމަ، ރަނގަޅުކުރަން 7 ދުވަހުގެ މުހުލަތެއް ދެނީޚަބަރު | 4 ދުވަސް ކުރިން