logo
MPL

MPL

ޚަބަރު

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫޢު ހިންގާ ކުންފުނިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
21 ސެޕްޓެމްބަރު 2026 - 18:48
ރަސްމާލޭގައި ބިޔަ މަޝްރޫޢު ހިންގާ ކުންފުނިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅަނީ

ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ ވޯޓާ ފްރޮންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތައް ހިމެނޭހެން ޖުމްލަ 20 ބިލިއަން ޑޮލަރުގެ މަޝްރޫއު ހިންގާ ޔޫއޭއީގެ މަޝްހޫރު ކުންފުނި އީގަލް ހިލްސް އިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

 ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ ވޯޓާ ފްރޮންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތައް ހިމެނޭހެން ޖުމްލަ 20 ބިލިއަން ޑޮލަރުގެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ މަޝްހޫރު ކުންފުނި އީގަލް ހިލްސްއާ ސަރުކާރުން މިއަދު ހަވާލުކޮށްފައިވާއިރު، މި މަޝްރޫއު ކުރިއަށްދިޔަ ނަމަވެސް އާންމުންނަށް ދޭން ކަނޑައަޅާފައިވާ ގޯތީގެ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވެރިޔާ މުޙައްމަދު އަލްއައްބާރެވެ.

ހައުސިން މިނިސްޓަރު ޑރ. މުއްޠަލިބު ވިދާޅުވީ، އީގަލް ހިލްސް އިން ރަސްމާލޭގައި ހައުސިން ޔުނިޓްތައް އަޅާނީ އެ ކުންފުނީގެ އަމިއްލަ ޚަރަދުގައި ކަމަށާއި އެކަމަށް ސަރުކާރުން އެއްވެސް ހޭދައެއް ކުރަން ނުޖެހޭނެ ކަމަށެވެ. އަދި އެ ތަންތަނުގެ އަގު ސަރުކާރުން އަދާކުރަން ޖެހޭނީ ހައުސިން ޔުނިޓްތައް ސަރުކާރާ ހަވާލުކުރުމުން އެ ތަންތަނުން ލިބޭ ފައިސާއިން ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގެ ޖުމްލަ އަގު ގާތްގަނޑަކަށް 20 ބިލިއަން ޔޫއެސް ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، މިއީ ސަރުކާރުގެ ސީދާ ދަރަންޏެއް ނެތި، ދުނިޔޭގެ ފެންވަރުގެ އިންވެސްޓަރަކާ ގުޅިގެން ޤައުމުގެ މާލީ ރައްކާތެރިކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ދުބާއީގެ ޑައުންޓައުން އަދި ބެލްގްރޭޑް ވޯޓަރފްރަންޓް ފަދަ މަޝްހޫރު ސިޓީތައް ބިނާކުރުމުގެ ތަޖުރިބާ ލިބިފައިވާ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު މި އެއްބަސްވުމަކީ ރާއްޖޭގެ ބްރޭންޑަށް އޮތް އިތުބާރު ހާމަކޮށްދޭ ކަމެކެވެ.

ބައިނަލްއަޤްވާމީ ފެންވަރުގެ ވޯޓަރފްރަންޓް އަދި މެރީނާ މަންޒިލެއްގެ ގޮތުގައި ތަރައްޤީކުރާ މި މަޝްރޫޢުގައި ބްރޭންޑެޑް ރެސިޑެންސްތަކާއި، މަތީ ފަންތީގެ މެހެމާންދާރީގެ ޚިދުމަތްތަކުގެ އިތުރުން މުނިފޫހިފިލުވުމާއި ދުޅަހެޔޮކަމުގެ ވަސީލަތްތައް ހިމެނެއެވެ. މީގެއިތުރުން ފެންވަރު ރަނގަޅު ޞިއްޙީ، ތަޢުލީމީ އަދި ވިޔަފާރީގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ ފުރިހަމަ އާބަން މާޙައުލެއް ޤާއިމުކުރެވޭނެއެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުވެ، މުޅިން އައު މާކެޓްތަކަށް ފުރުޞަތު ހުޅުވިގެންދާނެއެވެ. އަދި ދިވެހި އެތައް ރައްޔިތުންނަކަށް ވަޒީފާގެ އައު ފުރުޞަތުތަކާއި ވިޔަފާރީގެ ފަހި މާޙައުލެއް އުފެދި، ޤައުމުގެ އުފެއްދުންތެރިކަމާއި އިޤްތިޞާދީ ތަނަވަސްކަމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލެއަކީ މައްސަލަތަކުގެ ހައްލު، ދިވެހިންގެ އުއްމީދުރިޕޯޓް | 5 ދުވަސް ކުރިންރަސްމާލެ މަޝްރޫއުގެ ކަންބޮޑުވުންތަކަށް ރިއާޔަތްކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި: ސަލަފް ޖަމިއްޔާޚަބަރު | 7 ދުވަސް ކުރިންރަސްމާލެއަށް އަހަރަކު 1 މިލިއަން ފަތުރުވެރިން؛ އިގުތިސާދަށް ބޮޑު އިންގިލާބެއް!ޚަބަރު | 12 ދުވަސް ކުރިންރަސްމާލޭގެ މަޝްރޫއު ކުރިއަށް ގެންދާނީ ޕީއެސްއައިޕީ އުސޫލުން: މުއްތަލިބުޚަބަރު | 18 ދުވަސް ކުރިން