logo
Bank of Maldives

Bank of Maldives

ޚަބަރު

ކޭސް ވޯކަރުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ ދެވަނަ ބެޗުގެ ތަމްރީން ޕްރޮގްރާމް ފަށައިފި

މުޙައްމަދު އަފްރާޙް
11 ފެބްރުއަރީ 2026 - 17:27
ކޭސް ވޯކަރުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ ދެވަނަ ބެޗުގެ ތަމްރީން ޕްރޮގްރާމް ފަށައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން، ކޭސް ވޯކަރުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ ދެވަނަ ބެޗުގެ ތަމްރީން ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

މި މަހުގެ 10 އިން 12 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމަކީ ގެވެށި އަނިޔާ އާއި ވަކި ޖިންސަކަށް ވީތީ ކުރެވޭ އަނިޔާތަކާ ގުޅޭ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (ޕްރޮސީޖަރ މެނުއަލް) ތަންފީޒުކުރުމަށް ބޭނުންވާ އަމަލީ ހުނަރުތައް ތަރައްގީކުރުމަށް ބާއްވާ ތަމްރީނެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އާއި ޔޫ.އެން.އެފް.ޕީ.އޭ މޯލްޑިވްސްއާއި މި ވުޒާރާ ގުޅިގެން ފެށުނު މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ، އަނިޔާ ލިބޭ ފަރާތްތަކުގެ ބޭނުންތަކަށް އިސްކަންދީގެން، ރައްކާތެރިކަމާއި ސިއްރުވެރިކަން ހިފެހެއްޓޭނެހެން، އަދި އަޚްލާޤީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޚިދުމަތް ފޯރުކޮށްދޭނެ ފަރާތްތައް ބިނާކުރުމުގެ މަގު ފަހިކޮށްދިނުމެވެ.

އެގޮތުން، މި ޕްރޮގްރާމުގެ ޒަރީއާއިން، ގެވެށި އަނިޔާ، ބައިވެރިޔާގެ ފަރާތުން ލިބޭ އަނިޔާ އަދި ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ މައްސަލަތަކުގައި ކޭސް ވޯކަރުން ހަރަކާތްތެރިވާންޖެހޭ އެންމެ އެކަށީގެންވާ ގޮތްތަކާއި ގުޅޭ މަޢުލޫމާތު ބައިވެރިންނާއި ހިއްސާކުރެވިގެންދާނެއެވެ. މީގެ އިތުރުން، އަނިޔާ ލިބޭ ފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކޮށް، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުކުރާނެ ގޮތްތައް ވެސް މި ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް ދަސްކޮށްދެވިގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 111 ކުއްޖަކު ޢާއިލާތަކާ ވަނީ ޙަވާލުކޮށްފަ: ވަޒީރުޚަބަރު | 21 ދުވަސް ކުރިންދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ޢީދުގައި ބައިވެރިކުރުމަށް 40،000 އަށްވުރެ ގިނަ ޑޮލަރުޚަބަރު | މަހެއް ކުރިންކޭސް ވޯކަރުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ ދެވަނަ ބެޗުގެ ތަމްރީން ޕްރޮގްރާމް ފަށައިފިޚަބަރު | 2 މަސް ކުރިންނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކެއްޚަބަރު | 2 މަސް ކުރިން