logo
Bank of Maldives

Bank of Maldives

ޚަބަރު

"ޝާމިލް" ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައިފި

އާމިނަތު ޝަފާ
23 ސެޕްޓެމްބަރު 2025 - 06:01
"ޝާމިލް" ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް މާކެޓުކުރުމަށް "ޝާމިލް" ލޯގޯގެ ނަމުގައި ޚާއްސަ ލޯގޯއެއް ފަރުމާކުރުމުގެ ފުރުޞަތު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މި ލޯގޯއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް މަސައްކަތުގެ ދާއިރާގައި ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދީ، އަމިއްލަ މަސައްކަތްކުރުމަށް ފުރުޞަތުތައް ހޯދައި ދިނުމަށް އެފަރާތްތަކުގެ އުފެއްދުންތައް މާކެޓް ކުރުމަށާއި ވިއްކުމުގައި ބޭނުންކުރާނެ ރަސްމީ ލޯގޯއެއް ފަރުމާކުރުމުގެ މަޤްޞަދުގައި ވުޒާރާއިން ތަޢާރަފުކުރާ ލޯގޯއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ލޯގޯގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި، އުފެއްދުންތެރިކަމާއި، ކަންކަމުގައި އެފަރާތްތަކުގެ ހިއްސާ ރަމްޒުކޮށްދޭ "ބްރޭންޑް އައިޑެންޓިޓީއެއް" ޤާއިމްކުރުމެވެ. ހަމައެހެންމެ، މި ލޯގޯއަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހިންގާ ކުދި ވިޔަފާރިތަކަށް އެހީތެރިވެދޭ، އެފަރާތްތައް މުޖުތަމަޢުގައި ޝާމިލުކޮށް، ބާރުވެރިކުރުވާ ޤައުމީ ނިޝާނަކަށް ވެގެންދާނެއެވެ.

މީގެ އިތުރުން، މި ލޯގޯގެ މަޤްޞަދުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރާނެ މަންސައެއް ޤާއިމުކުރުމާއި، އެފަރާތްތަކުގެ އުފެއްދުންތެރި މަސައްކަތްތަކާ މެދު އާންމުންގެ މެދުގައި މަޤުބޫލުކަން އިތުރުކުރުން ހިމެނެއެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އުންމީދަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތަކުގައި މި ޚާއްޞަ ލޯގޯ ބޭނުންކުރުމުން، އެފަރާތްތަކުގެ ވިޔަފާރިތައް ކުރިއަރައި، މުޖުތަމަޢުގައި އެފަރާތްތައް އިތުރަށް ބާރުވެރިވެގެން ދިއުންކަމަށެވެ.

މި މުބާރާތުގައި ހުށަހަޅާ ލޯގޯއަކީ، ދިވެހި ޘަޤާފަތާއި ދިވެހިވަންތަކަން ދައްކުވައިދޭ، އަދި ހަމައެއާއެކު ބާރުވެރިކުރުވުމާއި، ޝާމިލުކަމާއި، އުފެއްދުންތެރިކަން ތަމްސީލުކުރާ ލޯގޯއަކަށް ވާންޖެހޭނެއެވެ.

މި މުބާރާތުގައި 16 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ބައިވެރިވެވޭނެއެވެ. އަދި ޚާއްޞަ ގޮތެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ ރަޖިސްޓަރީ ކުރެވިފައިވާ ބެލެނިވެރިން ނުވަތަ އެހީތެރިންނަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ.

މި މުބާރާތް ކާމިޔާބުކުރާ ފަރާތަށް 5،000 ރުފިޔާގެ ފައިސާގެ އިނާމާއި، ވުޒާރާގެ ފަރާތުން ދެއްވާ ހަނދާނީ ލިޔުމެއް ލިބިގެންދާނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތަކުގައި ބޭނުންކުރާނެ ރަސްމީ ލޯގޯ ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 15 އޮކްޓޯބަރ 2025 އެވެ. މި ލޯގޯ ހުށަހެޅުމަށް ލޯގޯގެ ޑިޒައިން އަދި ބޭނުންވާ ލިޔެކިޔުންތައް des@msfd.gov.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. އަދި ވައިބަރ/ ވަޓްސް އެޕް މެދުވެރިކޮށް 7206558 އަށް ވެސް ހުށަހެޅޭނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޝާމިލު މާހައުލެއް ހޯދައިދިނުމަށް "އެމްޕަވަރމެންޓު ހަބް" އެއްޚަބަރު | 24 ދުވަސް ކުރިންއުމުރުން ދުވަސްވީ މީހުންނަށް ރަށްރަށުގައި ހާއްސަ މަރުކަޒުތަކެއް އަޅަނީޚަބަރު | 24 ދުވަސް ކުރިން'‘ކޮންމެ ކުއްޖަކަށް އާއިލާއެއް’' ސިޔާސަތުގެ ދަށުން 110 ކުދިން އާއިލާތަކާ ހަވާލުކޮށްފިޚަބަރު | 24 ދުވަސް ކުރިންއިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ "އުފާ" ފެސްޓިވަލް، ސެންޓްރަލް ޕާކުގައި ފަށައިފިޚަބަރު | 2 މަސް ކުރިން