logo
Bank of Maldives

Bank of Maldives

ޚަބަރު

ދިގުލައިގެންދާ މައްސަލަތަކަށް ހައްލު ހޯދޭނީ އެކުގައި މަސައްކަތް ކޮށްގެން - ރިޒާ

އަޙްމަދު ޒަލީފް
4 އޯގަސްޓު 2025 - 08:14
ދިގުލައިގެންދާ މައްސަލަތަކަށް ހައްލު ހޯދޭނީ އެކުގައި މަސައްކަތް ކޮށްގެން - ރިޒާ

ކޯޓުތަކުގައި މައްސަލަތައް ލަސްވާ މައްސަލައަށް ހައްލު ހޯދަން ޝަރުޢީ މަރުހަލާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއް އެއް މިސްރާބަކަށް މަސައްކަތް ކުރަންޖެހޭކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ ރައީސް އަލްއުސްތާޛު ޙުސައިން ރިޒާ އަދާމް ވިދާޅުވެއްޖެއެވެ.

ޖޭއެސްސީގެ ރައީސް މިހެން ވިދާޅުވީ، ހައިކޯޓުގެ ފަނޑިޔާރުކަމަށް، ޢަބްދުﷲ ޖަމީލު މޫސާ އައްޔަން ކުރުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝަރުޢީ މަރުހަލާގައި ހުރި މައްސަލަތައް ދިގުލައިގެންދިއުމަކީ ރައްޔިތުންގެ މެދުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުންކަން ފާހަގަކުރައްވަމުން ރިޒާ ވިދާޅުވީ، އެ މައްސަލަ ހައްލުކުރަން ޖޭއެސްސީގެ އިސްނެންގެވުމުގެ މަތިން ކޮންމެ ތިން މަހަކުން ކޯޓުތަކުގެ ހިންގަމުންދާ މައްސަލަތަކުގެ ތަފާސް ހިސާބުތައް ނަގަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ސެޕްޓެމްބަރ މަހަށް އެ ރިޕޯޓު ޖޭއެސްސީއަށް ކޯޓުތަކުން ފޮނުވާއިރު މައްސަލަތައް ކެންސަވި ސަބަބުތައް ހިމެނުމަށް އެދިވަޑައިގެންނެވިއެވެ.

ރިޒާގެ ވާހަކަފުޅުގައި ބޮޑަށް އަލިއަޅުއްވާލެއްވީ ޝަރުޢީ ކޯޓުގަތަކުގައި ހިންގަމުންދާ މައްސަލަތައް ލަސްވާ މައްސަލައަށެވެ. އޭނާ ވިދާޅުވީ މި މައްސަލައަކީ ހަމައެކަނި ކޯޓުތަކުގެ ސަބަބުން ދިމާވާ މައްސަލައެއް ނޫންކަމަށާއި، މިކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް، ބަންޑާރަ ނައިބު، ފުލުހުންގެ ޚިދުމަތް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި ދިފާޢީ ވަކީލުންގެ ދައުރުވެސް އޮންނަކަމަށެވެ.

"މައްސަލަތައް ލަސްވާ ސަބަބުތަކުގައި މިހުރިހާ ފަރާތްތައް ޝާމިލްވޭ، ބައެއް ފަހަރު ހެކިން ހާޒިރު ނުވެގެން. އަނެއް ބައި ފަހަރު ޚަބީރުން ނުގެނެވިގެން. އަނެއްބައި ފަހަރު ތަރުޖަމާނުން ނުލިބިގެން. އަދި މި ނޫންވެސް އެތައް ސަބަބުތަކެއް އެބަހުރި. މައްސަލަތައް ހައްލުކުރެވޭނީ ކޯޓުތަކުން އެކަންޏެއް ނޫން." ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ ވިދާޅުވިއެވެ.

ޖޭއެސްސީގެ ރައީސް ވަނީ ކޯޓުތަކުގައި މައްސަލަ ފުނިޖެހިފައިވާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ތަފާސް ހިސާބުތައްވެސް ހިއްސާކުރެއްވިއެވެ. އެގޮތުން؛

- ހައި ކޯޓު - 11 ފަނޑިޔާރުން - 981 މައްސަލަ
- ކްރިމިނަލް ކޯޓު - 11 ފަނޑިޔާރުން - 2051 މައްސަލަ
- ސިވިލް ކޯޓު - 17 ފަނޑިޔާރުން - 4077 މައްސަލަ
- ފެމިލީ ކޯޓު - 7 ފަނޑިޔާރުން - 214 މައްސަލަ
- ޖުވެނައިލް ކޯޓު - 3 ފަނޑިޔާރުން - 21 މައްސަލަ
- ޑްރަގް ކޯޓު - 5 ފަނޑިޔާރުން - 1330 މައްސަލަ

މިމައްސަލަތަކުގެ އިތުރަށް ރާއްޖޭގެ އެންމެ މަތީ މަރުހަލާގެ ކޯޓު، ސުޕްރީމް ކޯޓުގައިވެސް މަރުގެ މައްސަލަތަކެއްގައި ނިހާޔީ ހުކުމެއް ނެތި ދިގުލައިގެން ގޮސްފައިވާ މައްސަލަތައް ހުރިކަން ޖޭއެސްސީން ވަނީ ފާހަގަކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެމިލީ ކޯޓުގެ ޤާޒީގެ މަގާމަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފިޚަބަރު | 2 ދުވަސް ކުރިންހައިކޯޓުގެ ފަނޑިޔާރު ކަމަށް މާހިރު އައްޔަނުކުރެއްވުމާއެކު ފެމިލީ ކޯޓަށް ގާޒީއަކު ހޯދަނީޚަބަރު | މަހެއް ކުރިންހައި ކޯޓަށް މާދަމާ ފަނޑިޔާރަކު ކަނޑައަޅައި އައްޔަންކުރަނީޚަބަރު | މަހެއް ކުރިންރައީސަށް މަރުހަބާ ދަންނަވަން ފަނޑިޔާރުންނަށް ނުކުމެވޭޚަބަރު | 2 މަސް ކުރިން