logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ހައިކޯޓުގެ ފަނޑިޔާރު ކަމަށް މާހިރު އައްޔަނުކުރެއްވުމާއެކު ފެމިލީ ކޯޓަށް ގާޒީއަކު ހޯދަނީ

އާމިނަތު ޝަފާ
25 ސެޕްޓެމްބަރު 2025 - 12:13
ހައިކޯޓުގެ ފަނޑިޔާރު ކަމަށް މާހިރު އައްޔަނުކުރެއްވުމާއެކު ފެމިލީ ކޯޓަށް ގާޒީއަކު ހޯދަނީ

ހައިކޯޓުގެ ފަނޑިޔާރުކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު އައްޔަނުކުރެއްވުމާއެކު ހުސްވެފައިވާ އެ ކޯޓުގެ ގާޒީކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ހުޅުވާލައިފިއެވެ.

ސްޕްރީމް ކޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައިކޯޓުގެ ފަނޑިޔާރުކަމަށް މާހިރު ވަނީ އައްޔަނުކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފެމިލީ ކޯޓުގެ ގާޟީކަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލާފައިވަނީ 02 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން  އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް އެޕްލިކޭޝަންގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަންބޭނުންވާ ފަރާތްތަކުން ސުންގަޑިހަމަވުމުގެ ކުރިން (2 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ 12:00) ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެކަމަށް ޖޭއެސްސީއިން މައުލޫމާތުދެއެވެ.

ފެމެލީ ކޯޓަށް ފަނޑިޔާރަކު ނެގުމުގައި އަމަލުކުރާނީ "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގަވާއިދު" ގައިވާ ގޮތުގެމަތިންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ، ދެ ކޮމިޝަނަކަށް މެމްބަރުން އައްޔަންކޮށްފިޚަބަރު | މަހެއް ކުރިންހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ރައޫފް އާއި ޝަފީއު އައްޔަންކޮށްފިޚަބަރު | 2 މަސް ކުރިންކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | 3 މަސް ކުރިންހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | 4 މަސް ކުރިން