logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސަށް މަރުހަބާ ދަންނަވަން ފަނޑިޔާރުންނަށް ނުކުމެވޭ

މުހައްމަދު މޫސާމުހައްމަދު މޫސާ
27 އޯގަސްޓު 2025 - 19:37
ޖޭއެސްސީގެ ރައީސް ރިޒާ (ކ) އާއި މެމްބަރ ފަނޑިޔާރު ޝަހީދު، ފޮޓޯ: ޖޭއެސްސީ
ޖޭއެސްސީގެ ރައީސް ރިޒާ (ކ) އާއި މެމްބަރ ފަނޑިޔާރު ޝަހީދު، ފޮޓޯ: ޖޭއެސްސީ

ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކާ ގުޅިގެން، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެ ރަށެއްގައި ތިއްބަވާ ފަނޑިޔާރުންނަށް ނިކުންނެވޭނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުދަ ދުވަހު ކަނޑައަޅައިފި އެވެ.

މިކަމަށް ހުއްދަ ދިން ނަމަވެސް، ފަނޑިޔާރުންނާއި ކޯޓު މުވައްޒަފުން ސުލޫކީ ހަމަތައް ހިފަހައްޓަން ޖެހޭނެ ކަމަށް ވެސް ޖޭއެސްސީއިން ވަނީ ނިންމާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެނގިފައިވާ ގޮތުގައި ޖޭއެސްސީއިން ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި، މިކަމާ ގުޅޭގޮތުން ވަރަށް ތަފްސީލީ މަޝްވަރާތައް ކޮށްފައިވެ އެވެ. މަޝްވަރާތަކަށް ފަހު ނިންމާފައިވަނީ، ފަނޑިޔާރުންނާއި ކޯޓުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުން އެގޮތަށް ރައީސަށް މަރުހަބާ ދެންނެވުމަށް ނުކުތުމާއި ބައްދަލުކުރެއްވުމަކީ ރަނގަޅު ކަމެއް ކަމަށެވެ.

މިއީ ދައުލަތުގެ އެންމެ އިސްވެރިޔާއަށް ދެވޭ އިހުތިރާމެއްގެ ގޮތުގައި ވެސް ބެލެވޭ ކަމެކެވެ.

ޖޭއެސްސީން މިގޮތަށް ނިންމެވިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ގެންދަވަނީ ސިލްސިލާ ގިނަ ދަތުރުތަކެއް ރައްޔިތުންގެ ހާލު ބެއްލެވުމަށް ކުރަށްވަމުންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖޭއެސްސީގެ ނައިބު ރައީސަކަށް އެ ކޮމިޝަންގެ މެމްބަރު ޔަޒްމީދުޚަބަރު | 13 ގަޑިއިރު ކުރިންފެމިލީ ކޯޓުގެ ޤާޒީގެ މަގާމަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފިޚަބަރު | 3 ދުވަސް ކުރިންހައިކޯޓުގެ ފަނޑިޔާރު ކަމަށް މާހިރު އައްޔަނުކުރެއްވުމާއެކު ފެމިލީ ކޯޓަށް ގާޒީއަކު ހޯދަނީޚަބަރު | މަހެއް ކުރިންހައި ކޯޓަށް މާދަމާ ފަނޑިޔާރަކު ކަނޑައަޅައި އައްޔަންކުރަނީޚަބަރު | މަހެއް ކުރިން