logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ސުލޫކީ މައްސަލަތައް ބެލުމުގައި ސަމާލުކަން ދެނީ ޝަކުވާއަކާ ގުޅިގެން ހުށަހަޅާ ހެކީގެ މައްޗަށް: ޖޭއެސްސީ

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ނޮވެމްބަރު 2025 - 00:49
ސުލޫކީ މައްސަލަތައް ބެލުމުގައި ސަމާލުކަން ދެނީ ހުށަހަޅާ ހެކީގެ މައްޗަށް: ޖޭއެސްސީ

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގައި ވަކި ކޯޓަކަށް ނުވަތަ ވަކި ފަނޑިޔާރަކަށް ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށާއި، ކޮމިޝަނުން ސަމާލުކަން ދެނީ ހުށަހެޅޭ ޝަކުވާއާ ގުޅިގެން ހުށަހަޅާ ހެކީގެ މައްޗަށް ކަމަށް ދިވެހިރާއްޖޭގެ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޤާނޫނުއަސާސީން އެ ކޮމިޝަނާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ކޯޓެއް، ވަކި ފަނޑިޔާރެއް ތަފާތުނުކުރާކަމަށެވެ. އަދި އެ ކޮމިޝަނަށް ހުށަހެޅޭ ސުލޫކީ މައްސަލަތައް ބެލުމުގައި ކޮމިޝަނުން ޢަމަލުކުރަނީ ވަކި ކޯޓެއްގެ ފަނޑިޔާރަކަށްވީތީ ވަކި ގޮތަކަށް ނޫންކަމަށް އެ ކޮމިޝަނުން ބުނެފަވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖޭއެސްސީން ބުނީ އެ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާއަކީ ކޮންމެ ކޯޓެއްގެ ފަނޑިޔާރެއްގެ މައްސަލައެއް ކަމަށްވިޔަސް، ހުށަހެޅޭ ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ އަލީގައި މަޢުލޫމާތު ސާފުކޮށް، ބަލަންޖެހޭ އެންމެހައި ކަންކަން އެންމެ ފުރިހަމައަށް ބެލުމަށްފަހު ނޫނީ އެއްވެސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނުނިންމާނެއެވެ.

ކޮމިޝަންގެ މި ބަޔާން ތަފާސް ހިސާބުތަކުން ކަށަވަރުކޮށްދޭ ކަމަށް ޖޭއެސްސީން ފާހަގަކުރެއެވެ. އެގޮތުން، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 176 ޝަކުވާ ކޮމިޝަނަށް ހުށަހެޅިފައިވެއެވެ. އޭގެ ތެރެއިން ތަޙްޤީޤު ކުރަން ނިންމާފައިވަނީ 57 ޝަކުވާ އެވެ. އަދި ސުލޫކީ މައްސަލަ ބެލުމަށްފަހު، ސާބިތުވެ، ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ހުށަހެޅުނު މައްސަލަތަކުގެ 3.4 އިންސައްތަ ނުވަތަ 6 ފަނޑިޔާރުންނަށެވެ. މިއީ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގެ ނިސްބަތުން ބަލާއިރު މަދު އަދަދެކެވެ.

ޖޭއެސްސީން އިތުރަށް ބުނީ، ވަކި ފަނޑިޔާރަކަށް ނުވަތަ ވަކި ކޯޓަކަށް ނިސްބަތްވުމުގެ ސަބަބުން މައްސަލަ ތަޙްޤީޤު ކުރުމަކަށް ކޮމިޝަނުން ސަމާލުކަމެއް ނުދޭ ކަމަށެވެ. ކޮމިޝަނުން ސަމާލުކަން ދެނީ ހަމައެކަނި ހުށަހެޅިފައިވާ ޝަކުވާއާއި އެ ޝަކުވާއާ ގުޅިގެން ހުށަހަޅާ ހެކީގެ މައްޗަށެވެ. އެހެންކަމުން، ވަކި ކޯޓެއްގެ ފަނޑިޔާރުންގެ މައްސަލަތައް ކޮމިޝަނުން ވަކިން ޚާއްސަ ސަމާލުކަމެއް ދީގެން ތަޙްޤީޤުކުރާކަމަށް ދޭހަވާ ގޮތަށް އާންމުގެ މެދުގައި މަޢުލޫމާތު ފެތުރުމަކީ އެންމެ ޒިންމާދާރު ގޮތްކަމަށް މިކޮމިޝަނުން ނުދެކޭ ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ، ދެ ކޮމިޝަނަކަށް މެމްބަރުން އައްޔަންކޮށްފިޚަބަރު | މަހެއް ކުރިންހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ރައޫފް އާއި ޝަފީއު އައްޔަންކޮށްފިޚަބަރު | 2 މަސް ކުރިންކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | 3 މަސް ކުރިންހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | 4 މަސް ކުރިން