logo
E-Platinum
ޚަބަރު

މިދިޔަ ހަފްތާގައި 1314 ކޮންޓެއިނާ ކުލިއާކުރި، ގިނައީ ފިޔާ

އާމިނަތު ޝަފާ
4 އޯގަސްޓު 2025 - 11:25
މިދިޔަ ހަފްތާގައި 1314 ކޮންޓެއިނާ ކުލިއާކުރި، ގިނައީ ފިޔާ

މޯލްޑިވްސް ޕޯރޓްސް ލިމިޑެޓް، އެމްޕީއެލުން މިދިޔަ ހަފްތާގައި 1314 ކޮންޓެއިނާ ކްލިއަރކޯށްފައިވާކަމަށާއި އޭގެތެރޭގައި އަސާސީ ކާބޯތަކެތިކަމަށްވާ ފިޔައާއި ބިސް ގިނަ އަދަދަކަށް ހިމެނޭކަން އެމްޕީއެލްއިން ހާމަކޮށްފިއެވެ.

އެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި 27 އިން އޮގަސްޓް 2 ވަނަ ދުވަހުގެ ނިޔަލަށް 1314 ކޮންޓެއިނާ ވަނީ ކްލިއަރކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ 20 ފޫޓުގެ 500 ކޮންޓެއިނާ އާއި 40 ފޫޓުގެ 407 ކޮންޓެއިނަރުތަކެވެ.

އެމްޕީއެލުން އާންމުކޮށްފައިވާ ތަފާސްހިސާބުތައްކަށް ބަލާއިރު މިދިޔަ ހަފްތާގައި16،988 ކޭސް ބިސް ކުލިއަރކޮށްފައިވާއިރު ދެވަނައަށް އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ ފިޔާއެވެ. އެއީ 13،096 ބަސްތާއެވެ. މީގެ އިތުރުން 7،437 ކޭސް ކަރާ، 5،538 ބަސްތާ އަލުވި، 3،888 ކޭސް ޓޮމާޓޯ، 3،181 ކޭސް އަލަނާސި، 2،920 ކޭސް ކެބެޖު އަދި 2،634 ކޭސް ދޮންކެޔޮ ކުލިއާކޮށްފައިވެއެެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އަވަހަށް ހަލާކުވާ މުދާ ބޭލުމުގައި މިފަހުން ދަތިތަކާ ކުރިމަތިވިނަމަވެސް އެކަން ހައްލުކޮށް ބާޒާތަށް ތަކެތި ނެރޭ މިންވަރު އިތުރުކުރުމަށް އެމްޕީއެލްއިން އަންނަނީ މަސައްކަތްކުރަމުންނެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ ހަފްތާގައި 1314 ކޮންޓެއިނާ ކުލިއާކުރި، ގިނައީ ފިޔާޚަބަރު | 6 ގަޑިއިރު ކުރިންނޯތު ހާބަރަށް ގެންނަ ބަދަލުތަކާއެކު އޮޑިވެރިންގެ ތަކުލީފްތަކަށް ނިމުން އަންނާނެ ޚަބަރު | 10 ގަޑިއިރު ކުރިންމާރުކޭޓު ސަރަހައްދަށް ގާތްކުރާ މަސްދޯނިތަކުން ފީ އެއް ނުނަގާނެ: އެމްޕީއެލްޚަބަރު | 2 ދުވަސް ކުރިންއެމްޕީއެލްގެ ގުދަނުގައި ފިޔާ ސްޓޯކޮށްފައެއް ނުހުންނާނެ: މުޢާޒްޚަބަރު | 4 ދުވަސް ކުރިން