logo
E-Platinum
ޚަބަރު

އެމްޕީއެލްގެ ގުދަނުގައި ފިޔާ ސްޓޯކޮށްފައެއް ނުހުންނާނެ: މުޢާޒް

އާމިނަތު ޝަފާ
1 އޯގަސްޓު 2025 - 04:24
އެމްޕީއެލްގެ ގުދަނުގައި ފިޔާ ސްޓޯކޮށްފައެއް ނުހުންނާނެ: މުޢާޒް

އެމްޕީއެލްގެ ގުދަނުގައި ފިޔާ ސްޓޯކޮށްފައި ނުހުންނާނެކަމަށާއި މިދިޔަ ދެ ދުވަހުގެ ތެރޭގައިވެސް 8000 އަށް ވުރެ ގިނަ ބަސްތާގެ ފިޔާ ބާޒާރަށް ނެރެވިފައިވާކަމަށް އެމްޕީއެލްގެ ލީޑް އެގްޒެކެޓިވް މުހައްމަދު މުއާޒު ވިދާޅުވެއްޖެއެވެ.

މެންދުރުޓީވީގެ މައުޟޫ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މުއާޒް ވިދާޅުވީ ބާޒާރުގައި ފިޔާގެ ދަތިކަން ކުރިމަތިވީ މޫސުން ގޯސްވުމުގެ ސަބަބުން އަވަހަށް ހަލާކުވާ މުދާ ބޭލުމުގައި ކުރިމަތިވި ދަތިތަކާހުރެކަމަށެވެ.

ބޯޓަށް މުދާ ބަރުކުރުމުގައި ވަކި ތަރުތީބެއް އިންނަކަމަށާއި އާއްމުގޮތެއްގައި ފިޔާ ބަރުކުރަނީ ފަލުކާގެ އަޑިއަށްކަމުގައިވާތީ ނެގުމަށް ލަސްތަކެއް ދިމާވާކަމަށް މުއާޒު ވިދާޅުވިއެވެ.

" މަތީގައި ހުރި މުދާތައް ނަގާފައި ފިޔާ ނަގަން ވަގުތުކޮޅެއް ދިޔަ. އެކަމަކު 2 ދުވަހުގެ ތެރޭގައި 8000 އަށް ވުރެ ގިނަ ފިޔާ ބަސްތާ ކްލިއާ ކުރެވުނު. މިހާތަނަށް އެމްޕީއެލްގެ ގުދަނުގައި ފިޔާ ސްޓޯކޮށްފައި ނުހުންނާނެ. އެވަގުތު އޮތް ބޯޓުތަކުން ބޭލުނު ފިޔާ ބަސްތާތައް ބާޒާރުގެ ތެރެއަށް ދޫކޮށްލެވުނު"

މާލޭގެ ބާޒާރުން ފިޔާ ލިބުން ދަތިވެ، ފިޔާގެ އަގު މައްޗަށް ދިޔުމަށްފަހު މިހާރު އެ އަގުތައް ވަނީ ކުރިއާ އަޅާބަލާއިރު ދަށްވެފައެވެ.

އާންމުކޮށް ފިޔާ ގެންނަނީ މުދާ އިމްޕޯޓްކުރާ އަމިއްލަ ވިޔަފާރިތަކުން ކަމަށްވާއިރު އެސްޓީއޯއިން ދާއިމީކޮށް ފިޔާ ރާއްޖެ އެތެރެނުކުރެއެވެ. ނަމަވެސް ރާއްޖޭގެ ބާޒާރަށް ދިމާވެފައިވާ ފިޔާގެ ދަތިކަން ހައްލުކުރުމަށް އެސްޓީއޯއިން ދަނީ ފިޔާ ޝިޕްމަންޓެއް ގެނައުމަށް މިހާރު މަސައްކަތްކުރަމުންނެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޕީއެލްގެ ގުދަނުގައި ފިޔާ ސްޓޯކޮށްފައެއް ނުހުންނާނެ: މުޢާޒްޚަބަރު | 21 ގަޑިއިރު ކުރިން4700 ބަސްތާގެ ފިޔާ އެމްޕީއެލްއިން ކްލިއާކޮށްފިޚަބަރު | 3 ދުވަސް ކުރިންމާލޭ ނޯތު ހާބަރު ސަރަހައްދު ހިންގުން އެއްކޮށް އެމް.ޕީ.އެލްގެ ދަށަށް ބަދަލު ކޮށްފިޚަބަރު | 9 ދުވަސް ކުރިންގައުމީ އެޕްރެންޓިޝިޕް ޕްރޮގްރާމްތައް ހިންގުމަށް އެމް.އެން.އެސް.ޑީ.އޭއާއި އެމްޕީއެލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 9 ދުވަސް ކުރިން