4700 ބަސްތާގެ ފިޔާ އެމްޕީއެލްއިން ކްލިއާކޮށްފި
30 ޖުލައި 2025 - 07:12

4000 އަށްވުރެ ގިނަ ބަސްތާގެ ފިޔާ ކްލިއާކޮށްފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް- އެމްޕީއެލް އިން ބުނެފިއެވެ.
އެމްޕީއެލްއިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން އަވަހަށް ހަލާކުވާ މުދާ ބޭލުމުގައި ދަތިތަކާ ކުރިމަވެފައިވާކަމަށެވެ.
ބާޒާރުގައި ފިޔާގެ ދަތިކަން ކުރިމަތިވީ މި ސަބަބާހުރެކަމަށާއި ނަމަވެސް، އެމް.ޕީ.އެލްގެ ކާގޯ އޮޕަރޭޝަންސްއިން އިއްޔެ އާއި ރޭ ކުރި މަސައްކަތުން 3 ބޯޓަކުން ވަނީ މުދާ ބާލައި، ހުސްކޮށްފައިކަމަށެވެ. އޭގެ ތެރޭގައި 4720 ބަސްތާ ފިޔާ ހިމެނޭކަން އެމްޕީއެލްއިންވަނި ފާހަގަކޮށްފައެވެ. އެމްޕީއެލްއިން ބުނީ މާލޭ ވިޔަފާރި ބަނދަރަށް އިއްޔެ އަައި ބޯޓުން މުދާ ބޭލުމުގެ މަސައްކަތް މޫސުން ތަންދޭ މިންވަރަކުން މިއަދުވެސް ކުރިއަށް ގެންދާނެކަމަށެވެ. މިއަދު ކުލިއާކުރެވޭ ބޯޓުން ގެނައި ހަލާކުވާ މުދަލުގެ ތެރޭގައިވެސް 3840 ބަސްތާ ފިޔާ ހިމެނޭކަމަށެވެ.
އާންމުކޮށް ފިޔާ ގެންނަނީ މުދާ އިމްޕޯޓްކުރާ އަމިއްލަ ވިޔަފާރިތަކުން ކަމަށްވާއިރު އެސްޓީއޯއިން ދާއިމީކޮށް ފިޔާ ރާއްޖެ އެތެރެނުކުރެއެވެ. ނަމަވެސް ރާއްޖޭގެ ބާޒާރަށް ދިމާވެފައިވާ ފިޔާގެ ދަތިކަން ހައްލުކުރުމަށް އެސްޓީއޯއިން ދަނީ ފިޔާ ޝިޕްމަންޓެއް ގެނައުމަށް މިހާރު މަސައްކަތްކުރަމުންނެވެ. މި ޝިޕްމަންޓާއެކު ބާޒާރުގައި ފިޔާ ލިބުމުގައި ދިމާވެފައިވާ ދަތިކަމަށް ލުޔެއް ލިބޭނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.