logo
E-Platinum
ޚަބަރު

ގައުމީ އެޕްރެންޓިޝިޕް ޕްރޮގްރާމްތައް ހިންގުމަށް އެމް.އެން.އެސް.ޑީ.އޭއާއި އެމްޕީއެލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ނުހާ އަޙްމަދު
24 ޖުލައި 2025 - 09:09
އެމް. އެން.އެސް.ޑީ.އޭއާއި އެމްޕީއެލްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
އެމް. އެން.އެސް.ޑީ.އޭއާއި އެމްޕީއެލްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

ނެޝެނަލް އެޕްރެންޓިސް ޕްރޮގްރާމްތަކާއި ނެޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސެޓިފިކޭޝަން (އެންޓީޓީސީ) ހިންގުމުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ފަހުނަމާނާއެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި މޯލްޑިވްސް ނެޝަނަލް ސްކްލިސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ)އާ ދެމެދު ސޮއިކޮށްފިއެވެ.

 

އެމް.އެން.އެސް.ޑީއޭގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެމް.ޕީ.އެލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ޗީފް ލާރނިންގ އެންޑް ޑިވެލޮޕްމަންޓް އޮފިސަރ އައިޝަތު ޝިމްލާއެވެ. އެމް.އެން.އެސް.ޑީ.އޭގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ ޒަހްރާ މުޙައްމަދެވެ.

 

މި ފަހުމުނާމާގެ ދަށުން އެމް.ޕީ.އެލްގެ ޕޯޓް ޓްރެއިނިން ސެންޓަރ (ޕީ.ޓީ.ސީ) އިން ހިންގާ ނެޝަނަލް އެޕްރެންޓިސް ޕްރޮގްރާމްތަކާއި އެންޓީޓީސީ ޕްރޮގްރާމްތަކުގެ ކޮލިޓީ އެޝުއަރަންސް އެމް.އެން.އެސް.ޑީ.އޭ އިން ކަށަވަރުކުރާނެއެވެ. އަދި އެމް.ޕީ.އެލްއިން ހިންގާ ނެޝަނަލް އެޕްރެންޓިސް ޕްރޮގްރާމްތަކާއި އެންޓީޓީސީ ހިންގުމުގައި އެމް.އެން.އެސް.ޑީ.އޭއިން ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

 

1e41d88c-1921-4473-835d-97f125d985da.jfif

ޕޮޓޯ: އެމްޕީއެލް

 

އެމް.ޕީ.އެލްގެ ޕޯޓް ޓްރެއިނިން ސެންޓަރ އިން އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ކޮންމެ އަހަރަކުވެސް ތަޢުލީމާއި ތަމްރީނުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގައެވެ. އަދި މީގެ އިތުރުން، ޒުވާނުން މެރިޓައިމް ދާއިރާއަށް ވައްދައި، ޝައުގުވެރިކަން އިތުރުކުރުމަށް އިންޓާރންޝިޕް އަދި އެޕްރެންޓިސް ޕްރޮގްރާމްތައްވެސް ޕޯޓް ޓްރެއިން ސެންޓަރއިން ކުރިއަށް ގެންދެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

4700 ބަސްތާގެ ފިޔާ އެމްޕީއެލްއިން ކްލިއާކޮށްފިޚަބަރު | ދުވަހެއް ކުރިންމާލޭ ނޯތު ހާބަރު ސަރަހައްދު ހިންގުން އެއްކޮށް އެމް.ޕީ.އެލްގެ ދަށަށް ބަދަލު ކޮށްފިޚަބަރު | 7 ދުވަސް ކުރިންގައުމީ އެޕްރެންޓިޝިޕް ޕްރޮގްރާމްތައް ހިންގުމަށް އެމް.އެން.އެސް.ޑީ.އޭއާއި އެމްޕީއެލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 7 ދުވަސް ކުރިންުހުޅުމާލެ ބޮންޑެޑް ވެއަރހައުސް އޭރިއާގެ ލީސް ފީ އަށް ބަދަލު ގެންނަނީވިޔަފާރި | 10 ދުވަސް ކުރިން