logo
E-Platinum
ވިޔަފާރި

ުހުޅުމާލެ ބޮންޑެޑް ވެއަރހައުސް އޭރިއާގެ ލީސް ފީ އަށް ބަދަލު ގެންނަނީ

ނުހާ އަޙްމަދު
21 ޖުލައި 2025 - 11:33
ުހުޅުމާލެ ބޮންޑެޑް ވެއަރހައުސް އޭރިއާގެ ލީސް ފީ އަށް ބަދަލު ގެންނަނީ

ހުޅުމާލެ ބޮންޑެޑް ވެއަރހައުސް އޭރިއާ ،1 ،2 އަދި 3ގެ ލީސް ފީ އަށް ބަދަލު ގެންނަން އެމްޕީއެލްއިން ނިންމައިފިއެވެ.

މި ބަދަލުތަކާ ގުޅިގެން އެމްޕީއެލްއިން ނެރުނު އިއުލާނުގައި ބުނެފައިވަނީ، އެ ކުންފުނިން ހުޅުމާލެ ބޮންޑެޑް ވެއާހައުސްގެ ހި ދުމަތް ފޯރުކޮށްދެނީ ކަސްޓަމަރުންގެ މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން 24 ގަޑިއިރުގެ ސެކިއުރިޓީއާއެކު ކަމަށެވެ. އަދި އެ ސަރަހައްދުގައި މޯލްޑިވްސް ކަސްޓަމްސްގެ ހިދުމަތްތައް ފޯ ރުކޮށް ދިނުމަށް ކަސްޓަމްސްގެ ފެސިލިޓީއެއް ގާއިމްކޮށްފައިވާ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ، ބޮންޑެޑް ވެއާހައުސް ސަރަހައްދުން މުދާ ލޯޑު ކުރުމާއި އަންލޯޑް ކުރުމަށް، ވަކި ކީ ވޯލެއް ކަނޑައަޅައިފައިވާ ކަމަށާއި، އެ ސަރަހައްދުގެ މެއިންޓަނަންސްގެ މަސައްކަތް ވެސް އެ ކުންފުނިން ގަވައިދުން ކުރަމުންދާއިރު ދެމެހެއްޓެނިވި ގޮތެއްގައ،ި ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ކުރުމަށް އެ ކުންފުނިން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

މިހާރު ކަސްޓަމަރުން އަމިއްލަ އަށް ކުނި އުކާލަން ޖެހުނު ނަމަވެސް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވޭސްޓް ޑިސްޕޯސަލްގެ ހިދުމަތަށް ބޮންޑް ވެއާހައުސްގެ ކަސްޓަމަރުންނަށް އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށް ވެސް އިއުލާނުގައި ބަޔާން ކޮށްފައިވެއެވެ.

މީގެ އިތުރުން، ހުޅުމާލެ ބޮންޑެޑް ވެއާހައުސްގެ ލީސް ފީތަކަށް ގެނައި ބަދަލުތަކާއި ގުޅިގެން، އާންމު މުދަލު ގެ އަގުތަކަށް ބާޒާރުގައި އަސަރުކުރާނެ އެއްވެސް ސަބަބެއް ނެތްކަމަށް އެ ކުންފުނީ ވަނީ ފާހަގަކޮށްފައެވެ.

ބޮންޑެޑް ވެއާހައުސްގެ ލީސް ފީތަކަށް ގެނައި ބަދަލުތައް ގެޒެޓްގައި ވެސް ޝާއިއުކޮށްފައިވާނެ ކަމަށް އިއުލާނުގައިވެއެވެ.

ހުޅުމާލެ ބޮންޑެޑް ވެއަރހައުސް އޭރިޔާ ،1 ، 2 އަދި 3ގައި ބޮންޑް ކުރަނީ ޓޫރިސްޓް ރިސޯޓްތަކަށް ގެންނަ ބަނގުރަލާއި އޫރު މަހުގެ ބާވަތްތަކެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

4700 ބަސްތާގެ ފިޔާ އެމްޕީއެލްއިން ކްލިއާކޮށްފިޚަބަރު | ދުވަހެއް ކުރިންމާލޭ ނޯތު ހާބަރު ސަރަހައްދު ހިންގުން އެއްކޮށް އެމް.ޕީ.އެލްގެ ދަށަށް ބަދަލު ކޮށްފިޚަބަރު | 7 ދުވަސް ކުރިންގައުމީ އެޕްރެންޓިޝިޕް ޕްރޮގްރާމްތައް ހިންގުމަށް އެމް.އެން.އެސް.ޑީ.އޭއާއި އެމްޕީއެލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 7 ދުވަސް ކުރިންުހުޅުމާލެ ބޮންޑެޑް ވެއަރހައުސް އޭރިއާގެ ލީސް ފީ އަށް ބަދަލު ގެންނަނީވިޔަފާރި | 10 ދުވަސް ކުރިން