logo
Bank of Maldives

Bank of Maldives

ޚަބަރު

ލަމްއާން އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް

ލަމްއާން  އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމަށް އައްޔަންކުރި މުހައްމަދު ލަމްއާން އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އެގްޒެކަޓިވް ޑިރެކްޓަރު (ޑެޕިއުޓީ ސީއީއޯ) ގެ މަގާމަށް އައްޔަންކޮށްފި އެވެ. 

ލައްމާން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ އިއްޔެ އެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ އެމްޕީއެލްގެ މަގާމަށް ވަޑައިގަތުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޕީއެލުން ވަނީ އައު ޑެޕިއުޓީ ސީއީއޯ އަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ލަމްޢާން އެންމެ ފަހުން އަދާކުރެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމެވެ. އެ މަޤާމުގައި ހުންނަވައިގެން، ރާއްޖޭގެ އުމްރާނީ ތަރައްޤީގެ އެންމެ މުހިންމު އެއް މުއައްސަސާގެ އޮޕަރޭޝަންތައް ބެލެހެއްޓުމާއި ހިންގުން ހަރުދަނާކުރުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

މީގެ އިތުރުން ސަރުކާރު ހިއްސާވާ އެކި މުހިންމު ކުންފުނިތަކުގެ އިސް މަޤާމުތައް ވެސް ލަމްޢާން ވަނީ ފުރުއްވާފައެވެ. އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ޗީފް ހިއުމަން ރިސޯސް އޮފިސަރުގެ މަޤާމާއި، ޗީފް ޕްރޮކިއުމަންޓް އޮފިސަރުގެ މަޤާމު ހިމެނެ އެވެ. މި މަޤާމުތަކުގައި ހުންނަވައިގެން އެ ކުންފުނިތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ގިނަގުނަ ޚިދުމަތްތަކެއް އޭނާ ކޮށްދެއްވާފައިވެއެވެ.

ލަމްޢާން ވަނީ ޔުނިވަރސިޓީ އޮފް ކޮލަމްބޯއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ހާސިލުކުރައްވާފައެވެ. އަދި މެނޭޖްމަންޓާއި ލީޑަރޝިޕްގެ ދާއިރާއިން ރާއްޖެއާއި ރާއްޖޭއިން ބޭރުގެ ގިނަ އަދަދެއްގެ ފަންނީ ތަމްރީނު ޕްރޮގްރާމުތައް ވެސް އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލަމްއާން އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށްޚަބަރު | ގަޑިއިރެއް ކުރިންއެމްޕީއެލްގެ ބޯޑަށް މުޙައްމަދު ލަމްޢާން އައްޔަންކޮށްފިޚަބަރު | 10 ގަޑިއިރު ކުރިންއަހަރުގެ މިހާތަނަށް ރާއްޖެއަށް 745،706 ފަތުރުވެރިން ޒިޔާރަތްކޮށްފިޚަބަރު | 10 ދުވަސް ކުރިންއެމްޕީއެލްގެ އެމްޑީއަކަށް ހުސައިން ޝަފީގް އައްޔަންކޮށްފިޚަބަރު | 10 ދުވަސް ކުރިން