logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

ހަފްތާއެއް ތެރޭ އެމްޕީއެލްއިން 41،000 އަށް ވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއަރ ކޮށްފި

އައިޝަތު ނަޝާ
17 މޭ 2026 - 13:36
ހަފްތާއެއް ތެރޭ އެމްޕީއެލްއިން 41،000 އަށް ވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއަރ ކޮށްފި

މޯލްޑިވްސް ޕޯރޓްސް ލިމިޑެޓް (އެމްޕީއެލް) އިން ހަފްތާއެއް ތެރޭގައި 41،000 އަށް ވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއަރ ކޮށްފިއެވެ.

އެމްޕީއެލްގެ ތަފާސްހިސާބުން ދައްކާގޮތުގައި،މިމަހުގެ 10 އަކުން 16 ވަނަ ދުވަހާ ހަމައަށްކޮންޓެއިނަރ ވެސަލްތަކުން ޖުމްލަ 37،685.12 ފްރައިޓް ޓަނުގެ މުދާ އަދި ޖެނަރަލް ކާގޯ ވެސަލްތަކުން3626.79 ފްރައިޓް ޓަނުގެ މުދާ ކްލިއަރކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއީ އެކު ޖުމުލަ 41،311.91  ފްރައިޓް ޓަނުގެ މުދަލެވެ.

މީގެ ތެރޭގައި ހިމެނެނީ 20 ފޫޓުގެ ކޮންޓެއިނަރއެވެ. އެގޮތުން 20 ފޫޓުގެ ކޮންޓެއިނަރގެ 3229 ކޮންޓެއިނަރ ކްލިއަރ ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން ކޮންޓެއިނަރ ވެސަލްތަކުން ޒަރޫރީ ތަކެތީގެ 1326 ފްރައިޓް ޓަން މުދަލާއި ޖެނަރަލް ކާގޯ ވެސަލްތަކުން 420 ފްރައިޓް ޓަން މުދާ ކްލިއަރކޮސްފައިވާ ކަމަށް ވެސް ތަފަާސް ހިސާބުތަކުން ދައްކައެވެ.

މިމުއްދަތުގައި ރާއްޖެއަށް އައި މުދާ އުފުލާ އުޅަނދުގެ ތަފާސްހިސާބުތައްވެސް އެމްޕީއެލްއިން ވަނީ ހިއްސާކޮށްފައެވެ. އެއީ 7 ޖެނަރަލް ކާގޯ ވެސަލް އަދި 3 ކޮންޓެއިނަރ ވެސަލްއެވެ.އަދި 10 ޖެނަރަލް ކާގޯ ވެސަލް އާއި، 2 ކޮންޓެއިނަރ ވެސަލް ވަނީ މި މުއްދަތުގެ ތެރޭގައި ރާއްޖެއިން ޑިޕާޗަރ ވެފައެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގައި މާލޭ ވިޔަފާރި ބަނދަރުން އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ ބިސް ، ފިޔާ އަދި އަލުވި ފަދަ އަސާސީ ކާބޯތަކެތީގެ ބާވަތްތައްކަަމަށް އެމްޕީއެލްގެ ތަފާސްހިސާބުން ވަނީ ދައްކާފައެވެ.އޭގެތެރެއިންވެސް އެންމެ ގިނައިން ކްލިއަރ ކޮށްފައިވަނީ ބިހެވެ.އެއީ 18،644 ބިހެވެ.

އެމްޕީއެލް އިން އެންމެގިނައިން ކްލިއަރކޮށްފައިވާ ބާވަތްތަކަށް ބަލާއިރު، ބިސް، ކަރާ، ދޮންކެޔޮ، ފިޔާ، އަލަނާސި،ކެބެޖް،ބަރަބޯ އަލުވި އަދި ޓޮމާޓޯ ހިމެނެއެވެ.

HIhS8Rja8AAWFz9.jpg

ގެކުރިއާ އަޅާބަލާއިރު އެމްޕީއެލްއިން މުދާ ކްލިއަރކުރުމަށް ނަގާ ވަގުތު ވަނީ އެތައް ގުނައަކުން ކުޑަވެފައިކަން ފާހަގަކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮލަމްބޯ ބަނދަރުން މުދާ ގެނައުމުގައި ދިމާވި ދަތިތައް ހައްލުވެއްޖެވިޔަފާރި | 2 ދުވަސް ކުރިންބޯޓުތައް ތިލަފުއްޓަށް ބަނދަރު ކުރުމުގެ މަސައްކަތް އެމްޕީއެލްއިން ފަށައިފިޚަބަރު | 6 ދުވަސް ކުރިންހައްޖު ދުވަހާއި އީދު ދުވަހު އެމްޕީއެލްގެ ހިދުމަތްތައް މެދުކަނޑާލަނީޚަބަރު | 12 ދުވަސް ކުރިންހަފްތާއެއް ތެރޭ އެމްޕީއެލްއިން 41،000 އަށް ވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއަރ ކޮށްފިޚަބަރު | 20 ދުވަސް ކުރިން