logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޕީއެލްގެ ބޯޑަށް މުޙައްމަދު ލަމްޢާން އައްޔަންކޮށްފި

މަރިޔަމް މާޙީ
1 މޭ 2026 - 10:58
އަލްފާޟިލް މުޙައްމަދު ލަމްޢާން---
އަލްފާޟިލް މުޙައްމަދު ލަމްޢާން---

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް، ސަރުކާރުގެ ކުންފުނިތައް ހިންގުމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ އަލްފާޟިލް މުޙައްމަދު ލަމްޢާން މިއަދު އައްޔަންކުރައްވައިފިއެވެ.

އޭނާ މި މަގާމަށް އައްޔަންކޮށްފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމުން އިބްރާހިމް ޒިޔަތު ވަކިކުރުމަށްފަހުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުޙައްމަދު ލަމްޢާން އެންމެ ފަހުން އަދާކުރެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމެވެ. އެ މަޤާމުގައި ހުންނަވައިގެން، ރާއްޖޭގެ އުމްރާނީ ތަރައްޤީގެ އެންމެ މުހިންމު އެއް މުއައްސަސާގެ އޮޕަރޭޝަންތައް ބެލެހެއްޓުމާއި ހިންގުން ހަރުދަނާކުރުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

މީގެ އިތުރުން ސަރުކާރު ހިއްސާވާ އެކި މުހިންމު ކުންފުނިތަކުގެ އިސް މަޤާމުތައް ވެސް ލަމްޢާން ވަނީ ފުރުއްވާފައެވެ. އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ޗީފް ހިއުމަން ރިސޯސް އޮފިސަރުގެ މަޤާމާއި، ޗީފް ޕްރޮކިއުމަންޓް އޮފިސަރުގެ މަޤާމު ހިމެނެ އެވެ. މި މަޤާމުތަކުގައި ހުންނަވައިގެން އެ ކުންފުނިތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ގިނަގުނަ ޚިދުމަތްތަކެއް އޭނާ ކޮށްދެއްވާފައިވެއެވެ.

ލަމްޢާން ވަނީ ޔުނިވަރސިޓީ އޮފް ކޮލަމްބޯއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ހާސިލުކުރައްވާފައެވެ. އަދި މެނޭޖްމަންޓާއި ލީޑަރޝިޕްގެ ދާއިރާއިން ރާއްޖެއާއި ރާއްޖޭއިން ބޭރުގެ ގިނަ އަދަދެއްގެ ފަންނީ ތަމްރީނު ޕްރޮގްރާމުތައް ވެސް އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެމް.ޕީ.އެލްގެ ބޯޑަށް ގެންނެވި މި ބަދަލާއެކު، އެ ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާވެ، ރާއްޖޭގެ ބަނދަރުތަކުގެ ޚިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޕީއެލްގެ ބޯޑަށް މުޙައްމަދު ލަމްޢާން އައްޔަންކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންއަހަރުގެ މިހާތަނަށް ރާއްޖެއަށް 745،706 ފަތުރުވެރިން ޒިޔާރަތްކޮށްފިޚަބަރު | 9 ދުވަސް ކުރިންއެމްޕީއެލްގެ އެމްޑީއަކަށް ހުސައިން ޝަފީގް އައްޔަންކޮށްފިޚަބަރު | 9 ދުވަސް ކުރިންހަނގުރާމައާ ގުޅިގެން ޚަރަދު ކުޑަކުރުމަށްޓަކާ އެމްޕިއެލްގެ އިދާރީ މުވައްޒަފުންގެ ގަޑި ކުރުކޮށްފިޚަބަރު | 22 ދުވަސް ކުރިން