logo
Bank of Maldives

Bank of Maldives

ވިޔަފާރި

ކޮލަމްބޯ ބަނދަރުން މުދާ ގެނައުމުގައި ދިމާވި ދަތިތައް ހައްލުވެއްޖެ

ކޮލަމްބޯ ބަނދަރުން މުދާ ގެނައުމުގައި ދިމާވި ދަތިތައް ހައްލުވެއްޖެ

ކޮލަމްބޯ ބަނދަރުން މުދާ ގެނައުމުގައި ދިމާވި ދަތިތައް ހައްލުވެއްޖެ ކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

އެމްޕީއެލް އިން ބުނީ މި އަހަރުގެ ކުރީކޮޅުން ފެށިގެން، މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުން ލަސްވެ، ކޮލޮމްބޯ ޕޯޓުން މާލެއަށް ކޮންޓޭނަރ ގެނައުމުގައި ލަސްތަކެއް ކުރިމަތިވި ކަމަށެވެ. މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުމަށް ދަތިތަކެއް އުފެދުނީ މި އަހަރުގެ ކުރީކޮޅުން ފެށިގެން މުދާ ހިފައިގެން އަންނަ ބޯޓު ފަހަރުގެ އަދަދު އިތުރުވުމުން ކަމަށާއި އަދި ބައެއް ބޯޓު ފަހަރުން ކުރިން އެއް ފަހަރާ ގެންނަ އަދަދަށްވުރެ ގިނައިން، ކޮންޓޭނަރު ގެނައުމުގެ ސަބަބުން، ބަނދަރުގެ މުދާ ބޭލުމުގައި ހޭދަވާ ދުވަސްތައް އިތުރުވުމުން ކަމަށް އެމްޕީއެލް އިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ކުންފުނިން ބުނީ ބަނދަރުގެ ޖާގައިގެ ދަތިތަކަމާ ގުޅިގެން، އުފެދުނު ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށާއި އެހެން ނަމަވެސް، އެމް.ޕީ.އެލްގެ އޮޕަރޭޝަންސްގެ ޓީމުތަކުން ކުރި ބުރަ މަސައްކަތުން، މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ކޮލޮމްބޯ ޕޯޓްގައި ނުގެނެވި ހުރި، 4000 އަށްވުރެ ޓީ.އީ،ޔޫ މިހާރު ރާއްޖެ ގެނެސްފައިވާކަމަށެވެ. އަދި މިހާރު މާލޭ ބަނދަރާއި ކޮލޮމްބޯ ޕޯޓާދެމެދު މުދާ އުފުލާ ބޯޓު ފަހަރުން ކުރަމުންދަނީ "ނޯމަލް ޝެޑިއުލް" ދަތުރުތައް ކަމަށް ވެސް ބުނެއެވެ.

އެމްޕީއެލް އިން އިތުރަށް ބުނީ މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާ ގުޅިގެން ދިމާވެފައިވާ މައްސަލަތަކަށް މި ވަގުތުން ވަގުތަށް ހޯދޭނެ ހައްލުތައް ދެނެގަނެ، ފިޔަވަޅުތައް އެޅުމަށް އެ ކުންފުނިން މެދުކެނޑުމެއް ނެތި މަސައްކަތްކުރަމުންދާ ކަމަށާއި އެގޮތުން، ތިލަފުށީގައި ތަރައްޤީކުރާ ބަނދަރުގައި ހިމެނޭ 100 މީޓަރުގެ ކީވޯލާއި އެ ސަރަހައްދުގެ ޕޭވިންގ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްފައިވާކަން ފާހަގަކުރިއެވެ. އަދި މިއީ ތިލަފުށީގައި ތަރައްޤީކުރާ ބަނދަރުގެ ކްލިއަރަންސްގެ އޮޕަރޭޝަންސްތަކަށް މި ވަގުުތު ތަރައްޤީކުރާ ސަރަހައްދެއް ކަމަށް ވެސް ބުނެއެވެ.

އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ އަމާޒަކީ މި އަހަރުގެ އޮކްޓޯބަރ މަހަށް މި ސަރަހައްދުގެ މަސައްކަތް ފުރިހަމަކުރުން ކަމަށާއި އަދި މި މަސައްކަތް ނިމުމުން، އެ ސަރަހައްދުގައި ކަނޑުމަގުން މުދާ ކްލިއަރކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އެހެން ނަމަވެސް، ތިލަފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ފުރިހަމަވުމުން، މި ސަރަހައްދު ބޭނުންކުރާނީ އެމް.ޕީ.އެލްގެ އުޅަނދުތަކަށް ޚާއްސަ ކުރެވޭ "ސަރވިސް ކީ" އެއްގެ ގޮތުގައި ކަަމަށް ވަނީ ބުނެފައެވެ.

އެ ކުންފުނީގެ އޮޕަރޭޝަންސްތަކަށް މިހާރު ދިމާވެފައިވާ މައްސަލަތައް ފުރިހަމައަށް ހައްލުކުރެވޭނީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ރިލޮކޭޓްކުރެވުމުން ކަމަށާއި ތިލަފުއްޓަށް ބަނދަރު ރިލޮކޭޓްކުރުމުގެ މަސައްކަތްތައްވެސް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދާކަމަށް އެމްޕީއެލް އިން ބުނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޯތު ހާބަރުގައި ވަކި ކިއުއެއް ހަދާގޮތަށް، އެމްޕީއެލްއިން އުސޫލަށް ބަދަލުތަކެއް ގެނެސްފިވިޔަފާރި | 19 ގަޑިއިރު ކުރިންއޭ-ޒޯނުން އުޅަނދުފަހަރަށް ކަަރަންޓާއި ފެނުގެ ހިދުމަތް: ފަޅުވެރިންނަށް ބޮޑެތި ފަސޭހަތަކެއްޚަބަރު | 3 ދުވަސް ކުރިންަހަފްތާއެއްތެރޭ އެމްޕީއެލް އިން 35,000 ޓަނުގެ މުދާ ކްލިއާކޮށްފިވިޔަފާރި | 3 ދުވަސް ކުރިންވިޔަފާރި ބަނދަރު ރަނގަޅު ކުރުމަށް މިހާރުން މިހާރަށް އެޅޭނެ ފިޔަވަޅުތައް ދަނީ ބަލަމުން: ސައީދުޚަބަރު | 3 ދުވަސް ކުރިން