logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

ހައްޖު ދުވަހާއި އީދު ދުވަހު އެމްޕީއެލްގެ ހިދުމަތްތައް މެދުކަނޑާލަނީ

މަރިޔަމް މާޙީ
25 މޭ 2026 - 12:54
ދިވެހި މަސައްކަތްތެރިން އެމްޕީއެލް ސަރަހައްދުގައި
ދިވެހި މަސައްކަތްތެރިން އެމްޕީއެލް ސަރަހައްދުގައި

ހައްޖު ދުވަހާއި އަޟްހާ އީދު ދުވަހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލަން އެ ކުންފުނިން ނިންމައިފިއެވެ.

އެމްޕީއެލް އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، 1447 ވަނަ އަހަރުގެ ހައްޖު ދުވަހާއި އަޟްހާ އީދު ދުވަހުގެ މުނާސަބަތުގައި، މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓާމިނަލުން ދެމުންގެންދާ އޮޕަރޭޝަން ހިދުމަތްތައް މެދުކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން، 26 މެއި 2026 އިން ފެށިގެން 27 މެއި 2026 ގެ ނިޔަލަށް އެ ކުންފުނީގެ ހިދުމަތްތައް މެދުކަނޑާލާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މުއްދަތަށްފަހު، އެމްޕީއެލްގެ ހިދުމަތްތައް އަލުން ފެށުމަށް ހަމަޖެހިފައިވަނީ 28 މެއި 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 07:30 ގައެވެ.

ކުންފުނީގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ، މި މުނާސަބަތާ ގުޅިގެން ހުރިހާ މުވައްޒަފުންނަށާއި ކުންފުނީގެ ހިދުމަތް ހޯއްދަވާ އެންމެހާ ފަރާތްތަކަށް ހައްޖު ދުވަހާއި އަޟްހާ އީދުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރާ ކަމަށެވެ.

އެމްޕީއެލް އަކީ ރާއްޖެއަށް އެތެރެކުރާ މުދާ ކްލިއަރ ކުރުމުގެ މައިގަނޑު މަސައްކަތް ކުރާ ކުންފުނި ކަމަށްވުމާއެކު، އީދު ބަންދާ ދިމާކޮށް ހިދުމަތްތަކަށް އަންނަ މި ބަދަލަށް ސަމާލުވުމަށް ވިޔަފާރިވެރިންނަށާއި އާންމުންނަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮލަމްބޯ ބަނދަރުން މުދާ ގެނައުމުގައި ދިމާވި ދަތިތައް ހައްލުވެއްޖެވިޔަފާރި | 2 ދުވަސް ކުރިންބޯޓުތައް ތިލަފުއްޓަށް ބަނދަރު ކުރުމުގެ މަސައްކަތް އެމްޕީއެލްއިން ފަށައިފިޚަބަރު | 6 ދުވަސް ކުރިންހައްޖު ދުވަހާއި އީދު ދުވަހު އެމްޕީއެލްގެ ހިދުމަތްތައް މެދުކަނޑާލަނީޚަބަރު | 12 ދުވަސް ކުރިންހަފްތާއެއް ތެރޭ އެމްޕީއެލްއިން 41،000 އަށް ވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއަރ ކޮށްފިޚަބަރު | 20 ދުވަސް ކުރިން