logo
Bank of Maldives

Bank of Maldives

ވިޔަފާރި

އައްޑޫގައި މުދާ ރައްކާކުރުމާއި ފްރީ ޒޯންއާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

އައްޑޫގައި މުދާ ރައްކާކުރުމާއި ފްރީ ޒޯންއާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީގައި މުދާ ރައްކާކުރުމާއި ފްރީ ޒޯންއާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން ބުނި ގޮތުގައި، އައްޑޫ ސިޓީގައި ޤާއިމްކުރާ "އައްޑޫ ރީޖަނަލް ފްރީ ޒޯން" ގައި މުދާ ރައްކާކުރުމާއި ފްރީ ޒޯންއާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ވިޔަފާރިތަކަށް އެ ސަރަހައްދުން ޖާގަ ހޯދުމަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" (އީ.އޯ.އައި) ހުށަހެޅުމަށް 13 މެއި 2026 ވަނަ ދުވަހުން ފެށިގެން ވަނީ ހުޅުވާލެވިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ ދާއިރާއިން ދެމެހެއްޓެނިވި ތަރައްޤީގެ މަގުތަކެއް ހޯދައި، ވިލުންތެރި އިޤްތިޞާދެއް ބިނާކުރުމަށް އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އައްޑޫ ސިޓީގައި "ފްރީ ޒޯން" ޤާއިމްކުރުމުގެ މަސައްކަތް ފެށީ މި އަހަރުގެ ތެރޭގައެވެ.

އެމް.ޕީ.އެލްއިން ވަނީ 13 މެއި 2026 ވަނަ ދުވަހުން ފެށިގެން 11 ޖޫން 2026ގެ ނިޔަލަށް "އައްޑޫ ރީޖަނަލް ފްރީ ޒޯން" މުދާ ރައްކާކުރުމާއި ފްރީ ޒޯންއާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ވިޔަފާރިތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމަށް ހުޅުވާލާފައެވެ. އަދި "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހަޅާ މުއްދަތު ހަމަވުުމުން، ޝައުގުވެރިވާ ވިޔަފާރިތަކަށް ކުރަން ބޭނުންވާ މަސައްކަތާއި ގުޅޭ ތަފްސީލާއި، ބޭނުންވާ ބިމުގެ ބޮޑުމިނާއި ބިމުގެ ލީސް އެއްބަސްވުމާއި ގުޅޭ ތަފްސީލުތައް ހިމެނޭ ގޮތަށް ޕްރޮޕޯސަލްތައް ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެއެވެ.

"އައްޑޫ ރީޖަނަލް ފްރީ ޒޯން" ސަރަހައްދުން ބިން ލިބޭ ވިޔަފާރިތައް ކަނޑައަޅާނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހުއެވެ.

"އައްޑޫ ރީޖަނަލް ފްރީ ޒޯން" ބިން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ޓެރިފްވެސް މިހާރު ވަނީ ކަނޑައަޅައިފައެވެ.

ޑިއުޓީ ފްރީ ޒޯން ހުސްބިން (ބިން ކުއްޔަށް ދޫކުރުން)

  • ދުވާލަކަށް: 1،000 އަކަ ފޫޓަށް 153.33 ރުފިޔާ (ޖީ.އެސް.ޓީ ނުލައި)
  • ދުވާލަކަށް: 1،000 އަކަ ފޫޓަށް 165.60 ރުފިޔާ (ޖީ.އެސް.ޓީ. އާއެކު)
  • މަހަކަށް: 1000 އަކަފޫޓަށް 4،600 ރުފިޔާ (298 ޔޫ.އެސް ޑޮލަރު)، ޖީ.އެސް.ޓީ ނުލައި

ޓެރިފް ކަނޑައަޅާފައިވާ ބިންތަކަކީ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު ވިޔަފާރިތަކަށް ކަނޑައެޅިގެންދާނެ ބިންތަކެކެވެ. އެގޮތުން، ބިން ކަނޑައެޅިގެންދާނީ މި ސަރަހައްދުގައި ކުރެވެ ސިނާއީ މަސައްކަތާއި، މުދާ ތައްޔާރުކުރުމާއި، އެސެމްބެލްކުރުމާއި ގުދަންކުރުން އަދި ލޮޖިސްޓިކްސްގެ އެކި މަސައްކަތްތަކަށެވެ.

"އައްޑޫ ރީޖަނަލް ފްރީ ޒޯން"ގެ ޚިދުމަތަށް ޝައުގުވެރިވާ ވިޔަފާރިތަކުން bussiness@port.mv އަށް އީ-މެއިލް މެދުވެރިކޮށް އީ.އޯ.އައި ހުށަހެޅުމަށް އެެމްޕީއެލްއިން އެދެއެވެ. އަދި އީ.އޯ.އައި އާއެކު މި ޚިދުމަތާ ގުޅޭގޮތުން އެ ކުންފުނިން ދީފައިވާ ސަރވޭ ފޯމް (ފޯމް ލިންކް: https://bit.ly/4nsUEN1) ފުރިހަމަކޮށް، ހުށަހެޅުމަށްވެސް އެދެއެވެ.

"އައްޑޫ ރީޖަަނަލް ފްރީ ޒޯން" ޤާއިމްކުރުމަށް އެމް.ޕީ.އެލް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި ސަރުކާރުގެ ކަމާއިބޭހޭ އެހެނިހެން ވުޒާރާތަކާއި މުޢައްސަސާތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

ސަރުކާރުން ދަނީ އައްޑޫ ސިޓީ އަކީ ވިޔަފާރީގެ ހަބަކަށް ހެދުމަށް ގިނަ މަސައްކަތެއް ކުރަމުންނެވެ. އެގޮތުން ކުދި ފަންތި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރުކޮށް ކުރިއަރުވައި، ތަރައްޤީކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ރާއްޖޭގެ މިކަމަށް ޚާއްސަކުރާ ފުރަތަމަ ސަރަހައްދަކަށް އައްޑޫ ސިޓީ (ހުޅުދޫ އާއި މީދޫ ހިމެނޭހެން) ވަނީ ކަނޑައަޅައިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫގައި މުދާ ރައްކާކުރުމާއި ފްރީ ޒޯންއާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިވިޔަފާރި | 38 މިނިޓު ކުރިންލަމްއާން އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށްޚަބަރު | 12 ދުވަސް ކުރިންއެމްޕީއެލްގެ ބޯޑަށް މުޙައްމަދު ލަމްޢާން އައްޔަންކޮށްފިޚަބަރު | 12 ދުވަސް ކުރިންއަހަރުގެ މިހާތަނަށް ރާއްޖެއަށް 745،706 ފަތުރުވެރިން ޒިޔާރަތްކޮށްފިޚަބަރު | 21 ދުވަސް ކުރިން