އަހަރުގެ މިހާތަނަށް ރާއްޖެއަށް 745،706 ފަތުރުވެރިން ޒިޔާރަތްކޮށްފި
22 އޭޕްރީލު 2026 - 05:22

އަހަރުގެ މިހާތަނަށް ރާއްޖެއަށް 745،706 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ތިމާވެެއްޓާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަލުން ދައްކައިފިއެވެ.
މިއީ، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %3.5 ދަށް އަދަދެކެވެ.

Ad by Hajj Corporation
އޭޕްރީލް މަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 97000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވި ނަމަވެސް މިހާރު މަޑުމަޑުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާ އިންނެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ޤައުމުތަށް:
* ޗައިނާ: 109،228 ފަތުރުވެރިން
* ރަޝިއާ: 93،602 ފަތުރުވެރިން
* އިނގިރޭސިވިލާތް: 69،627 ފަތުރުވެރިން
* އިޓަލީވިލާތް: 62،651 ފަތުރުވެރިން
* ޖަރުމަނުވިލާތް: 50،186 ފަތުރުވެރިން
ހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތަށް
ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން 506،606 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ، ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި 186،904 ފަތުރުވެރިން އަދި ހޮޓެލުތަކުގައި 20،084 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 735،355 ފަތުރުވެރިން އައިސްފައިވަނީ، ވައިގެ މަގުންނެވެ. އަދި 10،351 ފަތުރުވެރިން އައިސްފައިވަނީ، ކަނޑުމަގުން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.


