logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

އެމްޕީއެލްގެ އެމްޑީއަކަށް ހުސައިން ޝަފީގް އައްޔަންކޮށްފި

މަރިޔަމް މާޙީ
22 އޭޕްރީލު 2026 - 05:19
އެމްޕީއެލްގެ އެމްޑީއަކަށް ހުސައިން ޝަފީގް އައްޔަންކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޯޑު މެންބަރުކަމުގެ މަގާމަށާއި، އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހުސައިން ޝަފީގް މިއަދު އައްޔަންކުރައްވައިފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) މިއަދު ހާމަކުރެއްވި ގޮތުގައި، މި މުހިންމު މަގާމުތަކަށް އައްޔަންކުރައްވާފައިވަނީ ދަފްތަރު ނަންބަރު ރސ 2861، ހުސައިން ޝަފީގެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި ހ. ހަބަރުގެ، ޑީ.ސީ.ޕީ (ރިޓަޔާރޑް) މުހައްމަދު ރިޝްވާން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރިޝްވާން ވަނީ 6 އެޕްރީލް 2026 ގައި މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފަ އެވެ.

އަދި ޕީސީބީން ވަނީ 7 އެޕްރީލް 2026 ގައި ރިޝްވާންގެ އިސްތިއުފާ ގަބޫލުކޮށް، އޭނާ އެމްޕީއެލްގެ ބޯޑު މެންބަރުކަމާއި މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރައްވާފަ އެވެ.

ހުސައިން ޝަފީގް މި މަގާމަށް އައްޔަންކުރެއްވުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ދަށުން، ރާއްޖޭގެ ބަނދަރުތަކުގެ ހިދުމަތްތައް އިތުރަށް ފުޅާވެ ކުރިއަރައިގެން ދާނެ ކަމަށް ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮލަމްބޯ ބަނދަރުން މުދާ ގެނައުމުގައި ދިމާވި ދަތިތައް ހައްލުވެއްޖެވިޔަފާރި | 2 ދުވަސް ކުރިންބޯޓުތައް ތިލަފުއްޓަށް ބަނދަރު ކުރުމުގެ މަސައްކަތް އެމްޕީއެލްއިން ފަށައިފިޚަބަރު | 6 ދުވަސް ކުރިންހައްޖު ދުވަހާއި އީދު ދުވަހު އެމްޕީއެލްގެ ހިދުމަތްތައް މެދުކަނޑާލަނީޚަބަރު | 12 ދުވަސް ކުރިންހަފްތާއެއް ތެރޭ އެމްޕީއެލްއިން 41،000 އަށް ވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއަރ ކޮށްފިޚަބަރު | 20 ދުވަސް ކުރިން