logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ޙާރިޘް މުޙައްމަދު އައްޔަނުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
29 ޖުލައި 2026 - 02:47
ޙާރިޘް
ޙާރިޘް

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ޙާރިޘް މުޙައްމަދު އައްޔަނުކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރި ގޮތުގައި، އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމަށާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ޙާރިޘް ވަނީ 28 ޖުލައި 2026 ގައި އައްޔަނުކުރަށްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނިޔާޒު މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހު މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.

ޙާރިޘް މުޙައްމަދަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، މި ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު އޭނާ ވަނީ އަދާކުރައްވައިފައެވެ. މީގެ އިތުރުން 2015 އިން 2018 އަށް އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑައިރެކްޓަރުކަމާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޖެނެރަލް މެނޭޖަރުކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.

ތައުލީމީ ދާއިރާއަށް ބަލާއިރު، ޙާރިޘް ވަނީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައެވެ. އޭނާއަކީ ޗާޓަރޑް އިންސްޓިޓިއުޓް އޮފް މާކެޓިންގ (CIM) އަދި ޗާޓަރޑް މެނޭޖްމަންޓް އިންސްޓިޓިއުޓް (އީއެމްއައި) ގެ ފެލޯޝިޕް ވެސް ލިބިވަޑައިގެންފައިވާ ފަރާތެކެވެ.

ވައިގެ ދަތުރުފަތުރާއި، ފަތުރުވެރިކަމާއި، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާތަކުން 30 އަހަރަށްވުރެ ދިގު މުއްދަތެއްގެ ފަންނީ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޙާރިޘް އެމްޓީޑީސީގެ ހިންގުމާ ހަވާލުވެވަޑައިގަތުމަކީ އެ ކުންފުނީގެ ކުރިމަގަށް ލިބޭނެ ކުރިއެރުމެއް ކަމަށް ބެލެވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޓީޑީސީގެ އެމްޑީ އަކަށް ޙާރިޘް މުޙައްމަދު އައްޔަނުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންސަރުކާރު ތިން ކުންފުންޏަކަށް ބޯޑު މެމްބަރުން އައްޔަން ކޮށްފިޚަބަރު | 6 ދުވަސް ކުރިންއެސްއޯއީތަކުގެ ހިންގުން ހަރުދަނާކުރުމަށް، އޯޓީގެ އުސޫލުތައް އިސްލާހުކުރުމަށް ޕީސީބީއިން އަންގައިފިޚަބަރު | 8 ދުވަސް ކުރިންތިން މަސްތެރޭ 33 އިންސައްތަ މުވައްޒަފުން މަދުކުރަނީ، މުވައްޒަފުން މަދުކުރާ ގޮތް ގާތުން ބަލާނަން: ޕީސީބީޚަބަރު | 11 ދުވަސް ކުރިން