logo
Bank of Maldives

Bank of Maldives

ޚަބަރު

ސަރުކާރު ތިން ކުންފުންޏަކަށް ބޯޑު މެމްބަރުން އައްޔަން ކޮށްފި

އަޙުމަދު ރިޝާން
23 ޖުލައި 2026 - 05:46
ސަރުކާރު ތިން ކުންފުންޏަކަށް ބޯޑު މެމްބަރުން އައްޔަން ކޮށްފި

ސަރުކާރުގެ ތިން ކުންފުންޏެއްގެ ބޯޑަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރޮޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މެމްބަރުން އައްޔަންކޮށްފި އެވެ.

ޕީސީބީއިން މެމްބަރުން އައްޔަންކުރި ތިން ކުންފުންޏަކީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ) އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ އިތުރުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕީސީބީން އެމްއެފްއެމްސީގެ ބޯޑަށް އައްޔަންކޮށްފައި ވަނީ ހއ. ތަކަންދޫ، ރަތްވިލާގެ، ހުސައިން އަބްދުލް ވާހިދެވެ. ބީސީސީގެ ބޯޑު މެމްބަރުކަމަށް އައްޔަންކޮށްފައިވަނީ ސ. ހިތަދޫ، މީނާޒް، އީނާސް ނަސީރެވެ. އަދި މިފްކޯގެ ބޯޑު މެމްބަރު ކަމަށް އައްޔަންކޮށްފައި ވަނީ ސ. ފޭދޫ، އާބާދީގެ، ފާތިމަތު އާޒިޔާ ފަތުހީއެވެ.

ސަރުކާރު ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް ޕީސީބީން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުންފުނިތަކުގެ އޯޓީ މުރާޖާކުރުމަށާއި ކުންފުނިތަކުގެ މުވައްޒަފުން 33 އިންސައްތަ އަށް މަދުކުރުމަށް ޕީސީބީން ވަނީ ކުންފުނިތަކަށް އަންގާފަ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޓީޑީސީގެ ޗެއާމަންގެ މަޤާމަށް އަޙްމަދު ޝަހީރު އައްޔަންކުރައްވައިފިޚަބަރު | 4 ދުވަސް ކުރިންއެމްޓީޑީސީގެ އެމްޑީ އަކަށް ޙާރިޘް މުޙައްމަދު އައްޔަނުކޮށްފިޚަބަރު | މަހެއް ކުރިންސަރުކާރު ތިން ކުންފުންޏަކަށް ބޯޑު މެމްބަރުން އައްޔަން ކޮށްފިޚަބަރު | 2 މަސް ކުރިންއެސްއޯއީތަކުގެ ހިންގުން ހަރުދަނާކުރުމަށް، އޯޓީގެ އުސޫލުތައް އިސްލާހުކުރުމަށް ޕީސީބީއިން އަންގައިފިޚަބަރު | 2 މަސް ކުރިން