އެމްޓީޑީސީގެ ޗެއާމަންގެ މަޤާމަށް އަޙްމަދު ޝަހީރު އައްޔަންކުރައްވައިފި
8 ސެޕްޓެމްބަރު 2026 - 06:27

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޗެއާމަންކަމުގެ މަޤާމަށް އަޙްމަދު ޝަހީރު އިއްޔެ އައްޔަންކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވިދާޅުވީ، އެމްޓީޑީސީގެ ޗެއާމަންކަމުގެ މަޤާމަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް މ. ލާލުބާޣު، އަޙްމަދު ޝަހީރު، އެކުންފުނީގެ ބޯޑުން އައްޔަންކުރައްވާފައިވާ ކަމަށެވެ.

Ad by Hajj Corporation
އަޙްމަދު ޝަހީރަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަޤާމުތަކެއް މީގެ ކުރިންވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، މި ސަރުކާރުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަޤާމު އޭނާ ވަނީ ފުރުއްވާފައެވެ.
މީގެއިތުރުން، ޝަހީރު ވަނީ ފެނަކަ ކޯޕަރޭޝަންގެ ބޯޑުގެ ޗެއާމަންކަމުގެ މަޤާމުގެ އިތުރުން، 2014 އިން 2018 އަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުވެސް އަދާކުރައްވާފައެވެ.


