logo
MPL

MPL

ޚަބަރު

އެމްޓީޑީސީން ދޭ ޔަގީންކަން: ނުއަގުގައި އެއްވެސް ރަށެއް ނުވިއްކާނެ

މުހައްމަދު މޫސާމުހައްމަދު މޫސާ
3 އޯގަސްޓު 2026 - 19:48
އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ ކުރިއަށް ދަނީ، ފޮޓޯ: އެމްޓީޑީސީ
އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ ކުރިއަށް ދަނީ، ފޮޓޯ: އެމްޓީޑީސީ

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ޓޫރިސްޓް ރިސޯޓް ތަރައްޤީކޮށް ހިންގުމަށް ސަބްލީސް ކޮށްފައިވާ އެއްވެސް ރަށެއްގެ ހެޑްލީސް ހައްޤެއް ވިއްކާނުލާނެކަމުގެ ޔަގީންކަން އެ ކުންފުނިން ދީފިއެވެ.

އެމްޓީޑީސީން މިކަން ހާމަކޮށްފައިވަނީ އެ ކުންފުނީގެ ބައެއް ހަރުމުދާ ނުއަގުގައި ވިއްކާލަން އުޅޭކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ކުންފުނިން ބުނި ގޮތުގައި، ހދ. ނާގޯށި، ގދ. މަގުއްދުވާ އަދި ބ. ކިހަވައްހުރަވަޅި އަކީ ދިވެހި ސަރުކާރާއި އެމްޓީޑީސީއާ ދެމެދު ސޮއިކޮށްފައިވާ ލީސް އެއްބަސްވުންތަކުގެ ދަށުން އެ ކުންފުނިން ކުއްޔަށް ހިފާފައިވާ ތިން ރަށެވެ. މި ތިން ރަށުގެ ހެޑްލީސްއާ ގުޅޭ އެންމެހައި ހައްޤުތަކުގެ މިލްކުވެރި ފަރާތަކީ އެމްޓީޑީސީ ކަމަށް އެ ކުންފުނިން ވަނީ ކަށަވަރުކޮށްދީފައެވެ.

އެމްޓީޑީސީގެ އެއްވެސް ހަރުމުދަލެއްގެ ހެޑްލީސް ނުވަތަ އެއާ ގުޅުންހުރި ހައްޤެއްގެ އެއްވެސް މިންވަރެއް ވިއްކުމަށް ނުވަތަ އެހެން ފަރާތަކަށް ދޫކޮށްލުމަށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ކުންފުންޏަށް ލިބިފައިވާ މިލްކުވެރިކަމުގެ ހައްޤު ނުވަތަ މަސްލަހަތު ސީދާގޮތުން ނުވަތަ ނުސީދާ ގޮތުންވެސް ގެއްލޭފަދަ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

"ހދ. ނާގޯށި، ގދ. މަގުއްދުވާ އަދި ބ. ކިހަވައްހުރަވަޅިއާއި ގުޅުންހުރި އެއްވެސް ހައްޤެއް ވިއްކާލުމުގެ ނުވަތަ ދޫކޮށްލުމުގެ ނުވަތަ އެފަދަ ހައްޤަކަށް ނޭދެވޭ އަސަރުކުރާ ފަދަ އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކާއިއެކު ކުރިއަށް ނުދާކަމުގެ ޔަޤީންކަން ހިއްސާދާރުންނަށް އަރުވަން،" އެމްޓީޑީސީން ބުނެފައިވެއެވެ.

މީޑިއާގެ އެކި ވަސީލަތްތަކުގައި ދައުރުވަމުންދާ ވާހަކަތަކަކީ ހަޤީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް ފާހަގަކުރަމުން، އެ ކުންފުނިން ބުނީ ކުރިމަގުގައިވެސް ކަމާގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތަކުގެ ދަށުން ހާމަކުރަންޖެހޭ އެންމެހައި މުއާމަލާތްތައް ރަސްމީކޮށް އާންމުކުރަމުންދާނެ ކަމަށެވެ. އެމްޓީޑީސީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގެ އެމްޓީޑީސީގެ ތިންވަނަ ބިނާ ހުޅުވާލާފިޚަބަރު | 8 ދުވަސް ކުރިންއެމްޓީޑީސީން ދޭ ޔަގީންކަން: ނުއަގުގައި އެއްވެސް ރަށެއް ނުވިއްކާނެޚަބަރު | 3 މަސް ކުރިންއެމްޓީޑީސީގެ އެމްޑީ އަކަށް ޙާރިޘް މުޙައްމަދު އައްޔަނުކޮށްފިޚަބަރު | 3 މަސް ކުރިންނާގޯށީގައި ރިސޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް ވަޒީފާތަކަށް މީހުން ހޯދަނީޚަބަރު | އަހަރެއް ކުރިން