މާލޭގެ އެމްޓީޑީސީގެ ތިންވަނަ ބިނާ ހުޅުވާލާފި
2 ނޮވެމްބަރު 2026 - 12:07

ކުރުމުއްދަތެއްގެ ތެރޭގައި މާލޭގެ އެމްޓީޑީސީގެ ތިންވަނަ ބިނާގެ މަސައްކަތް ކުރިޔަށް ދާނެ ކަމަށް އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުހައްމަދު ވިދާޅުވެއްޖެއެވެ.
ނޮވެންބަރ 1ގަ ބޭއްވި ބައްދަލްވުމުގަ ވާހަކަދައްކަމުން ހާރިސް ވިދާޅުވީ މި ބިނާއަކީ އެމްޓީޑީސީގެ ތިންވަނަ ބިނާ ކަމަށާ އެމްޓީޑީސީގެ ދާއިމީކޮށް އާމްދަނީ އަދި ހަރުމުދާ ބިނާކުރުމުގެ މަސައްކަތް ކުރިއަށް އޮތްތާގަ ކުރިއަށް ދާނެކަމަށެވެ. ހާރިސް ވިދާޅުވީ އެމްޓީޑީސީގެ އިތުރު އެހެން ބިނާކުރުމުގެ މަސައްކަތް ކުރިއަށް އޮތް ކުރުމުއްދަތުގެ ތެރޭގަ ބިނާކޮށް، އެމުދަލުން އާމްދަނީ ލިބޭނެ މަސައްކަތްތަކެއް އެމްޓީޑީސީ ގެ މެނޭޖުމެންޓާ އަދި ބޯޑުން ދަނީ ކުރަމުން ކަމަށްކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
އަަދި މިފަދަ ބިނާތަކުގެ ސަބަބުން އެމްޓީޑީސީއަށް ލިބޭ އާމްދަނީ އިތުރުވެ،އެމްޓީޑީސީއަށް އެކަމުން މަންފާ ލިބެމުން ދިއުމަކީ އަބަދުވެސް ހާސިލްކުރުމަށް ބޭނުންވާ އެއް ލަޑުދަނޑި ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ހާރިސް ވިދާޅުވީ އެމްޓީޑީސީ ގެ ވިހި އަހަރުގެ ތާރީހަށް ބަލާއިރުވެސް މާބޮޑު ކާމިޔާބީތަކެއް ނެތްކަމުގައި ވީނަމަވެސް، ކުރިއަށް އޮތް މުސްތަގުބަލުތެރޭގަ އެމްޓީޑީސީ އަށް އާމްދަނީލިބޭނެ ވަސީލަތްތައް ގާއިމްކޮށް އާމްދަނީ ލިބޭނެ އިތުރު އިންވެސްޓުމެންޓް ތަށް ފުޅާކުރާނެކަމަށެވެ. އަދި ހިންގުން ހަރުދަނާކޮށް ކުރިއަށް އޮތްތަނުގައި ވެސް އެހެން ބަޔަކަށް ބަރޯސާނުވެ ކުރިއަށް ގެންދެވޭނެ މަގުތަށް ހޯދުމަށްޓަކާ މަސައްކަތްކުރާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ހާރިސް އިތުރަށް ވިދާޅުވީ އެމްޓީޑީސީގެ އަޒުމަކީ މިވަގުތުގަ ހުރި އެސެޓްތަށް ހިމާޔަތް ކުރުމުގެއިތުރުން ތަރަށްގީކޮށް، އެތަނުން ލިބޭ ނަފާތަކުން މުސްތަގުބަލުގައި މަގުތަށް ހޯދާދޭނެ ކަމަށެވެ.

-01.jpg&w=3840&q=75)
